ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރަސްގެތީމުން އާސާރީ އެއްޗެހިތަކެއް ފެނިއްޖެ

މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުން އަސާރީ ތަކެތި ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމުގެ މަޢުލޫމާތު ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ލިބިފައިވާކަމަށް ހާމަކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ މީޑިއާ ގުރޫޕުގައި މިކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި ތަކެތި ފެނިފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގައި މަގު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 14 ފެބުރުވަރީ 2021 ވަނަ ދުވަހު ކަމަށެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވީ އަސާރީ ތަކެތި ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމުގެ މަޢުލޫމާތު އެ މަރުކަޒަށް ލިބިފައިވާތީ، ޤާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދައި އާންމުކޮށްފައިވާ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރިކުރުމުގެ ޤަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މި ތަކެތި ރައްކާތެރި ކުރުމުގެ މަސައްކަތް ރ. ރަސްގެތީމު ކައުންސިލާއި ގުޅިގެން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީޑިއާއަށް ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުން، އެރަށުން ފެނިފައިވަނީ އިހުގެ ބޮޑު ރުނބައެއްގެ އިތުރުން އިހުގައި ފެން އަޅަން ބޭނުންކުރާ ޒާތުގެ ދެ ގުޅިއަކާ ސީނުތަށި ޒާތުގެ ތަށިތަކެކެވެ.

[responsive-slider id=35117]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top