ރާއްޖޭގެ ފިލްމީ ދާއިރާގެ ފުންނާބު އުސް ލިޖެންޑަރީ އެކްޓަރު ހަސަންމަނިކު (ކޮއްޔަ ހަސަން) ނިޔާވެއްޖެ އެވެ. ހަސަން ނިޔާވި މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ހަސަން ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ކޮވިޑަށް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10:11 ހާއިރުކަމަށް މައުލޫމާތު ލިބެ އެވެ.
ހަސަންގެ ކާފާދަރިފުޅެއް މުނިއަވަސް އަށް ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެސިލިޓީއަށް ހަސަން ގެންދިޔައީ މިމަހު 14ގައި ކަމަށެވެ.
ހަސަން ނިޔާވުމާގުޅިގެން ދިވެހި ފިލްމީ ފަންނާނުން އެކަމުގެ ހިތާމައިގައި ބައިވެރިވަމުން އެބަގެންދެއެވެ.
ކޮވިޑް ރޯގާ ޖެހިގެން ފަރުވާ ހޯދަމުން ދިއަ އަޅުގަނޑުގެ އަޚް ކޮއްޔަ ހަސަންމަނިކު ދާދި ދެންމެއަކު ނިޔާވެއްޖެ
މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއްމަތްﷲ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަންދެއްވާށި. އާމީން!— Moosa Maniku (Reeko) (@ReekoMoosa) February 20, 2021
ހަސަންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް ލެއްވުން އެދި މުނިއަވަސްގެ ޓީމާއި ކިޔުންތެރިން ދުއާކުރަމުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




