ދުނިޔޭގެ ފެންވަރުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ މިއުޒިކް ސްޓްރީމިންގް ޕްލެޓްފޯމް ސްޕޮޓިފައިގެ ހިދުމަތް ރާއްޖޭއަށް ވެސް ދޫކޮށްފި އެވެ. މި ޚިދުމަތް ދޭން ފެށުމުން މިހާރު ރާއްޖޭގައި ހުރެގެން ސްޕޮޓިފައި ޕްރީމިއަމް ހިދުމަތްތައް ސަބްސްކްރައިބްކޮށްގެން ލިބޭނެއެވެ.

ރާއްޖެއަށް ސްޕޮޓިފައި ޕްރީމިއަމް ސަބްސްކްރިޕްޝަން ދޫކުރާ އަގަކީ މަހަކު 4.99 އެމެރިކާ ޑޮލަރު ނުވަތަ 77ރުފިޔާ އެވެ.

ސްޕޮޓިފައި ބޭނުންކުރާ މީހުންގެ އަދަދު 345 މިިލިއަނަށް އަރާފައިވެއެވެ. ހަމަ އެހެންމެ ޕްރިމިއަމް ސަބްސްކްރައިބަރުންގެ އަދަދު 155މިލިއަނަށް އަރަ އެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އިތުރު 86 ގައުމަކަށް ސްޕޮޓީފައިގެ ޚިދުމަތް ލޯންޗްކޮށްފައިވެއެވެ.

ރާއްޖެއާ އެކު މި ސަރަހައްދުން އެ ހިދުމަތް މި ފަހަރު ދިން ގައުމުތަކުގެ ތެރޭގައި ސްރީ ލަންކާ އާއި ޕާކިސްތާން އަދި ނޭޕާލް ހިމެނެ އެވެ. އިންޑިއާގައި 2019 ގައި ވަނީ ސްޕޮޓިފައި ލޯންޗްކޮށްފަ އެވެ.

އަލަށް ހިދުމަތް ލޯންޗްކުރި ގައުމުތަކާ އެކު މިހާރު ސްޕޮޓިފައި ހިދުމަތް ވަނީ ބިލިއަނަކަށް ވުރެ ގިނަ މީހުންނަށް ފަހިވެފަ އެވެ. އެއާ އެކު މިހާރު ވަނީ އެ ޕްލެޓްފޯމަށް އަލަށް 36 ބަހެއް ވެސް ތައާރަފުކޮށްފަ އެވެ.

ރާއްޖޭގެ މަޝްހޫރު އާޓިސްޓންގެ ބައެއް އުފެއްދުންތައް މިހާރުވެސް ސްޕޮޓިފައިން އަހައިލެވެން ހުންނަކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.