މަޝްހޫރު ބަޠަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެލް ކައިފް އާ އެކްޓަރު ސޫރަޖް ޕަންޗޯލީ ލީޑު ރޯލުން ފެނިގެންދާ ފިލްމު “ޓައިމް ޓު ޑާންސް” ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ފިލްމު “ޓައިމް ޓު ޑާންސް” އަކީ ސްޓޭންލީ ޑީ’ކޯސްޓާ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި އިޒަބެލް ކައިފް އާާއި ސޫރަޖް ޕަންޗޯލީގެ އިތުރުން ވަލޫޗާ ޑީ ސޫޒާ އާއި ރާޖްޕާލް ޔާދަވް ވެސް މުހިންމު ރޯލަކުން ފެނިގެންްދާނެއެވެ. މިއީ ބޮލީވުޑް ފިލްމެއްގައި ފުރަތަމަ ފަހަރަށް ބޯލްރޫމް އަދި ލެޓިން ޑާންސް ފެނިގެންދާނެ ފިލްމުކަމަށް ރިޕޯޓްތައް ބުނެއެވެ.
އިޒަބެލް ބޮލީވުޑަށް ތައާރަފްވާ ފިލްމު “ޓައިމް ޓު ޑާންސް” ރިލީޒްކުރާނީ މި އަހަރު މާރިޗު މަހުގެ 12 ވަނަ ދުވަހު އެވެ.
ފިލްމު “ޓައިމް ޓު ޑާންސް” އަކީ މަޝްހޫރު ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާ އާ އޭނާގެ އަންހެނުން ލިޒެލް އާ ދެމީހުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!