ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރަންބީރް ކަޕޫރު، ސަންޖޭ ލީލާ ކޮވިޑަށް ފައްސި! އާލިއާ ބަޓް ކޮވިޑަށް ޓެސްޓްކޮށްފި!

ރަންބީރް ކަޕޫރާއި ސަންޖޭ ލީލާ ބަންްސާލީ ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އާލިއާ ބަޓް ވެސް ކޮވިޑަށް ޓެސްޓްކޮށްފިއެވެ. އާލިއާ ބަޓްގެ ޓެސްޓްގެ ނަތީޖާ ވަނީ ނައްސިވެފައެވެ. އެހެން ނަމަމަވެސް އެ ތިން މީހުންވެސް މިވަގުތު ތިބީ އަމިއްލައަށް ކަރަންޓީނުވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮންމެ ދުވަހަކުހެން އާލިއާ ކޮވިޑް ޓެސްޓް ހަދައެވެ. މިއަދުވެސް ހެދި ޓެސްޓުން ނައްސިވެފައި ވިޔަސް، އާލިއާ އަމިއްލައަށް ހުރީ ރަންބީރު ކަޕޫރާ އެކަހެރިވެގެންނެވެ. ރަންބީރް ކަޕޫރަށް ކޮވިޑް ޖެހުނީ މިހާރު ޝޫޓްކުރަމުން އަންނަ ބަންސާލީގެ ފިލްމު “ބްރަމްސްޓްރާ”ގެ ސެޓް ްތެރެއިންނެވެ. ރަންބީރުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ މަހާރާސްތުރާ ސްޓޭޓްގައި މިފަހުން ކޮވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. އެ ސްޓޭޓްގެ ބައެއް ސަރަހައްދުތައް ލޮކްޑައުން ކޮށްފައިވާކަމަށް ވެސް މީޑިއާތަކުން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top