”ދެވަންސޫރަ“ އިގެ ޓިކެޓް ވިއްކަން މިމަހުގެ ހަވަނަ ދުވަހު ނުފެށުނީ އޮލިމްޕަހުގައި ކަރަންޓް ނެތުމުން ކަމަށާއި ޓިކެޓް ވިއްކަން ފެށޭނީ ކަރަންޓް މައްސަލަ ހައްލުވުމުން ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.
ޕްރޮޑަކްޝަން ޓީމުން ބުނީ މިމަހުގެ 06 ވަނަ ދުވަހު ޓިކެޓް ވިއްކަން ފަށަން ހަމަޖެހިފައިވީނަމަވެސް، އޮލިމްޕަހުގައި ކަރަންޓު ނެތުމުގެ ސަބަބުން އޮލިމްޕަހަށް ޓިކެޓް ވިއްކަން ވަދެވިފައި ނުވާ ކަމަށެވެ.
އޮލިމްޕަހުގެ ކަރަންޓުގެ މައްސަލަ ހައްލުވުމުން ޓިކެޓް ވިއްކަން އޮލިމްޕަހުން ފެށޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
ޓިކެޓް ބުކް ކުރުމުގެ ފުރުޞަތު މިހާރުވެސް ހުޅުވައިލެވިފައިވާ ކަމަށާއި ޓިކެޓް ބުކް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 9700200 ނަންބަރު ފޯނަށް ގުޅުއްވުމަށް ވެސް ޕްރޮޑަކްޝަން ޓީމުން އެދެއެވެ.
ދެވަންސޫރަ އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ ސަސްޕެންސް ތުރިލާ އެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




