ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޕާކީ” ވެސް ކޮވިޑަށް ފައްސިވެއްޖެ

ސްޓާރ ޕްލަސްއިން ދައްކަމުންދާ މަޤުބޫލު ޑްރާމާ ސިލްސިލާ “ގުމް ހެ ކިސީ ކޭ ޕިޔާރް މޭ” ގައި ޕާކީގެ ރޯލު ކުޅޭ އައިޝްވާރިޔާ ޝަރްމާ ކޮވިޑަށް ފައްސިވެއްޖެއެވެ. ޕާކީގެ އިތުރުން ޑްރާމާގެ ކްރޫ މެންބަރެއް ފައްސިވެފައިވާއިރު މީގެ 2 ދުވަސް ކުރިން ޑްރާމާގެ ބަތަލު ނީލް ބަޓްވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އައިޝްވާރިޔާއާއި ކްރޫ މެންބަރުވެސް ތިބީ ކަރަންޓީނުގައި ކަމަށާއި އެމީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން ދާކަމަށް ޑްރާމާގެ ޕްރޮޑިއުސަރ ރާޖޭޝް ރާމް ސިންގ ބުނެފައިވެއެވެ. އަދި ކަމާއިބެހޭ ފަރާތްތަކުން އަންގާ ގޮތަށް ޑްރާމާގެ ސެޓުތައް ސެނިޓައިޒްކޮށް ބަލަހައްޓަމުންދާ ކަމަށާއި މުޅި ޓީމުގެ ރައްކާތެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޑްރާމާގެ ޝޫޓިންގ މެދުކަނޑާލާފައި އޮތުމަށްފަހު ހޯމަ ދުވަހުން ފެށިގެން އަނެއްކާވެސް ޝޫޓިންގ ފަށާނެ ކަމަށް ޕްރޮޑިއުސަރ ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top