ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލޯބިވެވިއްޖެ” – ލަވަ އަލްބަމާއި ކަވަރ އަދި ފިލްމުގެ ޕޯސްޓަރާާއި ޓީޒާ ޓްރެއިލަރ ނެރެނީ!

’އެސް ޕްރޮޑަކްޝަންސް‘ އިން އުފައްދައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އަސަރުގަދަ ލޯބީގެ ފީޗާ ފިލްމް “ލޯބިވެވިއްޖެ“ގެ އޯޑިއޯ އަލްބަމް ރިލީޒްކުރުމާއި އަލްބަމްގެ އޮފިޝަލް ކަވަރގެ އިތުރުން ފިލްމު ރަސްމީ ޕޯސްޓަރާއި ޓީޒާ ޓްރެއިލާ ނެރުން މި އަހަރު އޭޕްރީލް މަހު ފުރަތަމަ ހަފުތާގައި އޮންނާނެކަމަށް ފިލްމުގެ ޑައިރެކްޓަރ، މަޝްހޫރު އެކްޓަރ ޢަލީ ސީޒަން ބުނެފިއެވެ.

“އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގަ ރިލީޒްކުރާނެ ފިލްމް “ލޯބިވެވިއްޖެ“ގެ އޯޑިއޯ އަލްބަމް އަދި އޯޑިއޯ އަލްބަމްގެ އޮފިޝަލް ކަވަރ.” މުނިއަވަސް އަށް މިއަދު ސީޒަން ބުންޏެވެ.

“ދެން ހަމަ އެއާއެއްކޮށް ހަމަ އެ ހަފުތާ ތެރޭގަ ރިލީޒްކުރާނެ “ލޯބިވެވިއްޖެ“ގެ ޕޯސްޓަރާ ޓީޒާ ޓްރެއިލަރ” ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމުގެ އެންމެ ފަހުގެ މަސައްކަތްތަކަށް އަލިއަޅުވައިލަމުން ސީޒަން ފާހަގަކުރިއެވެ.

ފިލްމް ”ލޯބިވެވިއްޖެ”އަށް ލަވަ ކިޔައިދީފައިވަނީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ޙަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ، މޯލްޑިވިއަން އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް ޢަލީ އެވެ.

މީގެ އިތުރުން ފިލްމުގެ ޕްރޮމޯޝަން ލަވަ ކިޔާފައިވަނީ ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުންނެވެ. ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން މި ލަވައިގައި އަލީ އާޒިމް (ދޮން އައްޔަ) އަބްދުﷲ ޝާފިއު (ފުބޫ) އަހުމަދު ނިމާލް، އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު)، ޢާއިޝަތު ރިޝްފާ އަދި އަލީ ސީޒަންގެ އަޑު އިވިގެންދާނެ އެވެ.

ފިލްމް ”ލޯބިވެވިއްޖެ”ގެ އޯޑިއޯ އަލްބަމްގައި ފިލްމުގައި ހިމެނޭޭ 08 ލަވައިގެ އިތުރުން ޕްރޮމޯޝަން ލަވައާއިއެކު ޖުމްލަ 09 ލަވަ ހިމެނޭނެއެވެ.

ސީޒަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ.

ފިލްމް ”ލޯބިވެވިއްޖެ”ޝޫޓްކޮށްފައި ވަނީ ގދ. ތިނަދޫ، މާލެ އަދި ސްރީލަންކާގަ އެވެ.

’އެސް ޕްރޮޑަކްޝަންސް‘ގެ ސިއްކައިގެ ދަށުން ގެނެސްދޭ ”ލޯބިވެވިއްޖެ”ގެ ޕްރޮޑިއުސަރުންނަކީ ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް އެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ފިލްމް “ލޯބިވެވިއްޖެ“ގެ ބޯނަސް ލަވައެއްގެ ގޮތުގައި ޢަބްދުލް ހަންނާން ކިޔާފައިވާ ‘މިސްވެޔޭ’ މިދިޔަ މަހު ރިލީޒްކޮށްފައިވެއެވެ. އެ ލަވަައިގެ ވީޑިއޯގައި ހަރަކާތްތެރިވެފައިވަނީ ޢަލީ ސީޒަން އާއި ވިދަމުން އަންނަ ޒުވާން ބަޠަލާ ޢާއިޝަތު ޢަލީ އެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MuniAvas/videos/889480298285351″ poster=”http://www.muniavas.com/wp-content/uploads/2021/02/LOABIVEVIJJE-Song-Album.jpg”]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top