ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝްރައްދާ އަނެއްކާވެސް ރާއްޖޭގައި

މި މަހުގެ ކުރީކޮޅު ރާއްޖެ އައި ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރް އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ޝްރައްދާ ރާއްޖެ އައީ އާއިލީ މެންބަރެއްގެ ކައިވެނީގެ ހަފުލާ ކުލަގަދަކޮށް ފާހަގަކުރަން އެ އާއިލާގެ މެންބަރުންނާއެކީގައެވެ.

ޝްރައްދާ މި ފަހަރު ޗުއްޓީއަށް އައީ ބައްޕަ ޝަކްތީ ކަޕޫރާއި މަންމަ ޝިވާންގީ ކަޕޫރާ އެކުގައެވެ. އެ މީހުން ޗުއްޓީ ހޭދަކުރަނީ ވޮއްމުލި ރިސޯޓްގަ އެވެ.

މިފަހަރުގެ ދަތުރުގައި ވެސް ޝްރައްދާ ނަގާ ފޮޓޯތައް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ބޭބެ ސިިދާތު ކަޕޫރަށް ޓެގްކޮށް ޝްރައްދާ އާއްމުކޮށްފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި ބުނެފައިވަނީ “އަހަރުމެން މިތިބީ މިތާންގައި (ރާއްޖޭގައި) ކަމަށާ، މަންމައާއި ބައްޕައާއެކުގައި ވަގުތު ހޭދަކުރަމުން އަންނައިރު، ބޭބެ ސިދާތު މިސްވާ ކަމަށެވެ.”

 

View this post on Instagram

 

A post shared by Shraddha ✶ (@shraddhakapoor)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top