ކުވައިތުގެ މަޝްހޫރު މަދަހަ ކިޔުންތެރިޔާ މިޝަރީ އަލް އަރާދާ ކާރު އެކްސިޑެންޓެއްގައި ސައުދީ އަރަބިޔާ ގައި ރޭގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ. އުމުރުން 35 އަހަރުގެ އަކީ މަޝްހޫރު މަދަހައެއް ކަމަށްވާ “ފަރްޝީ ތުރާބް” (އަހަރެންގެ ތަންމަތީގައިވާ މިލަ) ކިޔާފައިވާ ފަންނާނެވެ. މިއީ އެތައް މިލިޔަން މީހުންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ މަދަހަ އެކެވެ.
މިޝަރީ އަލް އަރާދާ ގެ މަދަހަތައް މަޝްހޫރު ވެފައިވަނީ މާތްﷲ އަށް ބިރުވެތިވުމާއި އާޚިރަތް މަތިން ހަނދާން ކުރުމަށް ހިތްތަކަށް ބާރުލިބޭފަދަ ފަށުވި ބަސްތަކެއް އޭނާގެ މަދަހަ ތަކުގެ ޅެންވެރިކަމުގައި ހިމެނިފައިވާތީ އެވެ.
އޭނާގެ މަރުގެ ޚަބަރު އަރަބި ދުނިޔެއަށް ފެތުރިފައިވަނީ ބޮޑު ޝޮކެއް ގެނެސްދެމުންނެވެ. އެގޮތުން އޮންލައިން ނޫސްތަކާއި މަދީނާގެ އިލްމުވެރިންވެސް ވަނީ ހިތާމަފާޅުކޮށް ޓްވީޓް ކޮށްފައެވެ. މީގެ ކުވައިތުގެ މަޝްހޫރު ޝެއިޚް، ނަބީލް އަލް އަވާދީވެސް ވަނީ ހިތާމަފާޅުކޮށް ޓްވީޓް ކޮށްފަ އެވެ.
މިޝަރީ އަލް އަރާދާ އެންމެ ފަހުން ކޮށްފައިވާ ޓްވީޓްތަކުގައި ވަނީ ކީރިތި ޤުރުއާނުގެ އާޔަތްތަަކެކެވެ.
މިޝަރީ އަލް އަރާދާ އުފަންވެފައިވަނި ކުވައިތު ގެ ޔަމްރުކު ގައި 16 އޯގަސްޓް 1986 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!