ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ން ސްޕޮންސަރކޮށް، އިއްޔަ ރިކޯޑްސް އިން ކޯ-ސްޕޮންސަރކޮށްފައިވާ މުނިއަވަސް އޮންލައިން މަދަހަ މުބާރާތް ސީޒަން 2ގެ ދެވަނަ އެޕިސޯޑް މިރޭ މުނިއަވަސް ފޭސްބްކް ޕޭޖް (https://www.facebook.com/MUNIAVAS) މެދުވެރިކޮށް ގެނެސްދޭނެއެވެ. މީގެ އިތުރުން ދިވެހި މިއުޒިކްގެ އެންމެ ބޮޑު ކަލެކްޝަން ހިމެނޭ ސްޓްރީމިން އެޕް ލަވަފޮށިން ވެސް މި އެޕިސޯޑްގެ މަދަހަތައް މިރޭ 09:00 އިން ފެށިގެން އަޑު އަހައިލެވޭނެއެވެ.
މިރޭގެ އެޕިސޯޑްގައި 08 ބައިވެރިންގެ މަދަހަ ގެނެސްދޭނެއެވެ. މިރޭގެ ޕްރޮގްރާމްވެސް ހުށައަޅައިދޭނީ ނައުރީން ޝަރީފު އާއި ނައުޝީން ޝަރީފު އެވެ.
މި މުބާރާތުގެ މަދަހަތައް އެޕިސޯޑްތަކެއްގެ ގޮތުގައި ގެނެސްދިނުމަށްފަހު، ބައިވެރިންގެ މަދަހަތައް ވަކިވަކިން ވެސް މުނިއަވަސް ފޭސްބްކް ޕޭޖް އަށް އަޕްލޯޑްކުރެވޭނެއެވެ.
މުބާރާތުގެ މަދަހަތަކަށް ފަނޑިޔާރުކަން ކޮށްދެއްވާނީ އަލް އަޚް އިބްރާހީމް ރަމީޒް އާއި ހަމްދޫން ޙަމީދު އެވެ.
މުނިއަވަސް އޮންލައިން މަދަހަ މުބާރާތަކީ، މަދަހަ ކިޔުމަށް ޝައުޤުވެރިވާ އުމުރުން 04 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުން ވާދަވެރިގޮތެއްގައި މި ހުނަރު ދައްކާލުމަށް މުނިއަވަސް އިން ހުޅުވައިލި ފުރުޞަތެކެވެ. މިފަހަރުގެ މުބާރާތުގައި 50 އަށް ވުރެން ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާގޮތަށެވެ.
ކޮންމެ އުމުރުފުރާއަކުން:
1 ވަނަ ހާސިލްކުރާ ދަރިވަރަކަށް -/2500
2 ވަނަ ހާސިލްކުރާ ދަރިވަރަކަށް -/1500
3 ވަނަ ހާސިލްކުރާ ދަރިވަރަކަށް -/1000
މުނިއަވަސް އިން ތަފާތު މުބާަރާތްތައް ކުރިއަށް އޮތް ތަނުގައި ބޭއްވުމަށް ނިންމާފައިވާއިރު، ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މުބާރާތުގެ މަޢުލޫމާތު ތިރީގައިވާ ސުރުޚީން ވިދާޅުވެވޭވެއެވެ.
ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް، އުމުރުން 07 – 65 އަހަރާ ދެމެދަށް!
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!