މުނިއަވަސް އޮންލައިން މަދަހަ މުބާރާތް ސީޒަން 2ގެ އެޕިސޯޑް 5މުނިއަވަސް ފޭސްބްކް ޕޭޖް ގައި ރިލީޒްކޮށްފިއެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އޮޑިއޯ ސްޓްރީމިން އެޕްލިކޭޝަން ލަވަފޮށިން މި އެޕިސޯޑްގެ މަދަހަތައް މިރޭ 09:00 އިން ފެށިގެން އަޑުއަހައިލެވޭނެއެވެ.

މިރޭގެ އެޕިސޯޑްގައި ހިމަނާފައިވަނީ އުމުރުން 12 އަހަރުގެ ބައިވެރިންގެ މަދަހަތަކެވެ. އެގޮތުން މި އެޕިސޯޑުގައި 09 ބައިވެރިންގެ މަދަހަ ގެނެސްދީފައިވެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަދި ޓެކްނޮލޮޖީ ޕާޓްނަރަކީީ ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ) އެވެ. ކޯ-ސްޕޮންސަރ އަކީ އިއްޔަ ރިކޯޑްސް އެވެ. މީގެ އިތުރުން ހެޔޮއެދޭ ފަރާތަކުންވެސް މި މުބާރާތަށް ބޮޑު އެހީތެރިކަމެއް ވެދެއްވާފައިވެއެވެ.

މާދަމާ ރޭ ދައްކާނީ މި މުބާރާތުގެ އެންމެ ފަހު އެޕިސޯޑެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.