ބަޔަކު ބުނެގެންނެއް ނޫނެވެ. މަޖުބޫރު ކޮށްގެނެއްވެސް ނޫނެވެ. ޒުވާނުންތަކެއް ކޮންމެ ހޮނިހިރު ދުވަހަކު ނުކުމެ ރަތްދަކަ އަވީގައި މާލެތެރެއިން ކޮންމެވެސް ހިސާބެއް ސާފުކުރަނީ އެވެ. މިއީ މަޝްހޫރު ބޮޑުބެރު ގްރޫޕުން މިހާރު ޖަހަން ފަށާފައިވާ ތަފާތު އަދި އެހާމެ ހިތްގައިމު ބެރެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި ބެރެކެވެ. އިޖުތިމާޢީ ބެރެކެވެ. ދީނީ ނަޒަރަަކުން ބެލިޔަސް ދަރުމަ ލިބޭނެ ބެރެކެވެ.
މާލޭގެ ކޮންމެވެސް ސަރަޙައްދެއް ސާފުކުރުމުގެ ހަރަކާތެއް “ބިދަބިން”ގެ ނޫކަށިފުރާގެ ޒުވާނުން ފެށީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެ ހަރަކާތުގެ ދެވަނަ ބޮޅެއް ފުރިހަމަކޮށްފައި މިވަނީ މިމަހުގެ 25 ވީ ހޮނިހިރު ދުވަހު އެވެ.
“މިއަދު އަޅުގަނޑުމެން 30 ކޮތަޅުގެ ކުނި (ބޮޑެތި ކަޅު ކޮތަޅު) ނެގީމު!” އިއްޔެ ބޭއްވި ހަރަކާތުގެ މަޢުލޫމާތު މުނިއަވަސް އަށް ދެމުން ބިދަބިންގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އާސިމް (އާއްކޮ) ބުންޏެވެ.



“ކުދިންގެ ރޫޙާ ޖޯޝް ވަރަށް ރަނގަޅު. މިކަން ނިންމާކަށް ނޫން ތިބީ. މި މާލެ އަދި ރާއްޖެވެސް ސާފުކޮށް ބާއްވާ ތިމާވެށި ރައްކާތެރިކުރަން ފޫގަޅައިގެން މިތިބީ ބިދަބިން.” ނުހަނު ޖޯޝުގައިި ހުރި އާއްކޮ ބުންޏެވެ.
“ހިތާމަވެރިކަމާ އެކު ފާހަގަކޮށްލަން ޖެހެނީ މިދިޔަ ހަފުތާގަ ސާފުކުރި ހިސާބު މިހާރު އޮތީ ކުނިއަޅާ ފުރާފަ. މީހުން އެބަ ޖެހޭ މިއަށްވުރެން ތަހުޒީބުވާން.” މިމަހު 17ވީ ހޮނިހިރު ދުވަހު ބިދަބިން އިން ބޮޑެތި 20 ކޮތަޅުގެ ކުނި ނަގައި ސާފުކުރި ސަރަހައްދަށް އިޝާރާތްކުރަމުން އާއްކޮ ފާހަގަކުރިއެވެ.
“މި ކެމްޕޭން މި ރަމަޟާން މަހު ކޮންމެ ދުވަހަކުވެސް އަދި އޭގެ ފަހުންވެސް ކުރިއަށް ގެންދާނަން. މަގު ކައިރިފަށަށާއި ކުނި އަޅައިގެން ނުވާނެ ތަންތަނަށް ކުނި ނޭޅުމަކީ އަހަރުމެން ވަރަށް އަދަބުވެރިކަމާއެކު އެދޭ އެދުމެއް. ޑަސްބިންތަކަށް ކުނިއަޅަން އާދަކޮށް އަހަރުމެންގެ ޤައުމުގެ މި ރީތިކަން ބޭއްވުނު އެންމެ ރީއްޗެއްކޮށް ބޭއްވުމަށް އެންމެން މަސައްކަތްކުރަމާ ހިނގާ!” މި ޕްރޮގްރާމް ފަށަމުން ބިދަބިން އިން އެދިފައި ވެއެވެ.
ބިދަބިން އިން ބުނީ މި ޕްރޮގްރާމުގެ މަޤުޞަދަކީީ ބިދަބިންގެ ކުދިންގެ މެދުގައި ޤައުމާއި، ތިމާވެށްޓާއި ދޭޭތެރޭ ލޯބި އުފައްދައި، އެ ފަންނާނުންނަކީ ހަމައެކަނި މިއުޒިކު ކުޅޭ ބައެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކޮށްލުން ކަމަށާއި އަދި ޒުވާން ފަންނާނުންނަކީ ޒިންމާދާރު، މި ޤައުމަށް ބޭނުންތެރި ބައެއްގެ ގޮތުގައި ވުން ކަމަށެވެ.
ބިދަބިންގެ މި ހަރަކާތުގެ ޚަބަރުތައް މުނިއަވަސް ގެ ކިޔުންތެރިންނަށް ގެނެސްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ. މި ޕްރޮގްރާމުގައި ބިދަބިން އާއި ބައިވެރިވުމުގެ ގޮތުންނެވެ.
މި މަހު 17ގައި ބިދަބިން އިން ހިންގި ހަރަކާތުގެ ތެރެއިން:-







ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
ސަޅި ކަމެއް ކީޕްއިޓް އަޕް ގައިޒް
ހެޔޮ ނިޔަތުގައި ކުރާ ނަމަ ތީ ފައިދާހުރި ކަމެކެވެ
ދެއްކުންތެރި ކަމެއް ނެތިއްޔާމުން ސަޅި