މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓިން އިންވެސް ބެލުންތެރިންނަށް މުނިއަވަސްފިލުވައިދިނުމުގައި ހަރަކާތްތެރިވާ ލަމްހާ ލަތީފް (ލަމް) އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހާމަކޮށްފިއެވެ.
ލަމް ބަލިވެއިންކަން ހާމަ ކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ބަނޑުބޮޑުކަން އެނގެން ހުރި މި ފޮޓޯ ހިއްސާ ކުރަމުން ކެޕްޝަންގައި ލަމް ލިޔެފައިވަނީ ކުޑަމުއާ އާއި ލަމް މިހުރީ އެމީހުންގެ ދަތުރުކުރާ ޓީމަށް އިތުރު ބައިވެރިޔަކު އަންނަން އުޅޭ ކަމުގެ ޚަބަރު ދިނުމަށް ކެތްމަދު ވެފައިކަމަށެވެ. ލަމް އާއި އޭނާގެ ފިރިމީހާ ކުޑަ މުއާ އަކީ އެކިއެކި މަންޒިލްތަކަށް ދަތުރުކުރުމަށް ވަރަށް ފޯރި ހުންނަ ޖޯޑެކެވެ.
“މި ތުއްތު ކުއްޖާ އަކީ މިހާރު ވެސް ލޯބި ލިބިފައިވާ، އަހަރެމެންނާއި އާއިލާއަށް އުފާވެރިކަން ގެނުވައިދޭނެ ކުއްޖެއް.” ފޮޓޯ ހިއްސާ ކުރަމުން ލަމް ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައި ވަނީ ހަޔާތުގެ މި ސަފްހާތަކުގެ ވާހަކަތައް ފޭނުންނާއި ހިއްސާ ކޮށްލަނީ އުފަލުން ކަމަށެވެ.
View this post on Instagram
މޯލްޑިވިއަން އައިޑަލް ސީޒަން-2 ގެ ހޯސްޓް އަދި ރާއްޖޭގެ ފުރަތަމަ ސިޓްކޮމް “ކަރުހަކުރު”ގެ ލީޑް އެކްޓްރެސް ލަމް އާއި އަޙްމަދު މުޢާޛް (ކުޑަ މުއާ) ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 2 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ފައިނަލަށް – މަރުޙަބާ!
- 2 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ރާއްޖޭގެ މިއުޒިކީ ތާރީޚުގެ ތެރެއަށް!
- 1 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ސެމީފައިނަލަށް! – މަރުހަބާ
- 1 މެއި 2025ޚަބަރު“އަލިފާން” ޓީޒާގެ ދިލަ ވަރަށް ގަދަ!