އޮލިމްޕަހުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުވެއްޖެ ކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ. ކަރަންޓް މައްސަލަ ހައްލުވެފައި ވަނީ މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.
އޮލިމްޕަހުގެ މެއިން ޑީބޯޑަކަށް ފެންއެޅި ޑީބޯޑް ބަޑިޖައި އޮލިމްޕަހުގައި ފިލްމު ދައްކާފަޅީގެ ކަރަންޓް އެއްކޮށްވަނީ ކެނޑިފަ އެވެ. މިކަމުގެ ސަބަބުން ޓިކެޓް ބޫތުގައި ކަރަންޓު ނެތުމުގެ ސަބަބުން ފިލްމު ’ހައްދު‘ އަދި ’ދެވަންސޫރަ‘ އިގެ ޓިކެޓް ވިއްކުމަށްވަނީ ދަތި ތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ.
ފިލްމު ‘ހައްދު’ ގެ ޓިކެޓް ވިއްކުން މިއަދާއި ހަމައަށް ކުރިޔަށް ގެންގޮސްފައިވަނީ އޮލިމްޕަހަށް ވަންނަ ދޮރުން އެތެރޭގައި މޭޒެއް ބަހައްޓައިގެން ވަރަށް ދަތިތަކަކާއި އެކުގައެވެ.
މިމަހުގެ 06 ވަނަ ދުވަހު ’ދެވަންސޫރަ‘ އިގެ ޓިކެޓް ވިއްކަން ފަށަން ހަމަޖެހިފައިވީނަމަވެސް، އޮލިމްޕަހުގައި ކަރަންޓު ނެތުމުގެ ސަބަބުން އޮލިމްޕަހަށް ޓިކެޓް ވިއްކަން ވަދެވޭގޮތް ވަނީ ނުވެފައެވެ.
’ދެވަންސޫރަ‘ ޕްރޮކްޝަން ޓީމުން އަޙްމަދު ޝާހް ބުނީ އަންނަ އާދީއްތަ ދުވަހު ޓިކެޓް ބޫތަށް ވަދެވޭވަރު ވާނެކަމަށް އުއްމީދުކުރާ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




