ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާކް ޒަކްބާގް އެމެރިކާގެ މިނިވަންދުވަސް ފާހަގަކުރި ވީޑިއޯ ވައިރަލްވެއްޖެ

ފޭސްބްކްގެ ވެރިޔާ މާކް ޒަކްބާގް އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް އިލެކްޓްރިކް ސަރފްބޯޑެއް ދުއްވި ވީޑިއޯއެއް މިވަނީ ފިސާރި ރަނގަޅަށް ވައިގައި ހިފާފައެވެ.

މާކް ޒަކްބާގްގެ އިންސްޓަގްރާމަށް ދޫކޮށްލި މި ވީޑިއޯއިން ފެންނަނީ އެމެރިކާގެ ދިދައެއް ހިފައިގެން އިލެކްޓްރިކް ސަރފިންގ ބޯޑެއް ދުއްވާ ތަނެވެ. ވީޑިއޯއާއެކު ޒަކްބާގް ލިޔެލާފައިވަނީ “ހެޕީ ފޯރތު އޮފް ޖުލައި” އެވެ. ‘ފޯރތު އޮފް ޖުލައި’ އަކީ އެމެރިކާގެ މިނިވަން ދުވަހަށް ކިޔައި އުޅޭ އާއްމު ނަމެކެވެ.

ކަރަންޓުން ދުއްވާ ފޮއިލް ބޯޑެއްގައި ފެންގަނޑެއް ތެރޭގައި އުމުރުން 37 އަހަރުގެ މެގަ-މިލިޔަނަރު ޒަކްބާގް ސާރފްކުރަމުން ދިޔަ ވީޑިއޯއިން ވެސްޓް ވާރޖިނިއާއަށް ޖޯން ޑެންވަރ ހަދާފައިވާ ޤައުމީލަވަ “ޓޭކް މީ ހޯމް، ކަންޓްރީ ރޯޑް”ގެ އަޑު އިވެމުންދެއެވެ.

ފޭސްބްކްގެ އިތުރުން އިންސްޓަގްރާމްގެ ވެސް ވެރިއަކީ ޒަކްބާގް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top