ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކް ރެއިންގެ “ދައުވަތު” ޖުލައި 21 ގައި މީޑިއާ ނެޓް އޯޓީޓީއަށް

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ ޑާކްރެއިންޝޯޓްސްގެ “ދަޢުވަތު” މީޑިއާ ނެޓްގެ މަލްޓި ސްކްރީން އެޕްލިކޭޝަންގަ އާއި އެމްއެސްޓީވީގައި މި ޖުލައި މަހު 21ން ފެށިގެން ސްޓްރީމްކުރަން ފަށާނެއެވެ.

މިސްޓްރީ ތުރިލާ ”ދަޢުވަތު“ގައި ހަރަކާތްތެރިވަނީ ކޮމީޑިއަން އަޙްމަދު ސުނީ، މަރްޔަމް ޝިފާ (ޝިފް) ގެ އިތުރުން ލިޔުންތެރިޔާ ހޫދު އިބްރާޙީމް އެވެ.

މިއީ ހުނަރުވެރި ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) ލިޔެ ޑައިރެކްކޮށްފައިވާ ކުރު ފިލްމެކެވެ. ޕްރޮޑިއުސްކުރީ ޢާއިޝަތު ފުއާދު އާއި މުޙައްމަދު ޢަލީ (މޮގާ) އެވެ. މީގެ ސައުންޑް މިކްސިން އަދި އެޑިޓިންހެދީ ވެސް ޗިއްޕެއެވެ.

”ޑާކްރެއިންޝޯޓްސް“ގައި އެކި ފަންނާނުންގެ އެކްޓިން ފެނިގެންދާނެ ކަމަށާއި ޑައިރެކްޝަން ހަދާނީވެސް އެކިއެކި ޑައިރެކްޓަރުން ކަމަށް ޑާކް ރެއިން އިން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top