’ކަޒްމިކް އިންޓަނޭޝަނަލް‘ އާއި ’އައި ފިލްމްސް’ އިން ގެނެސްދޭ ކުރު ފިލްމު ”މަޒްލޫމް“ގެ ފުރަތަމަ ޗެޕްޓަރުގެ ޓީޒަރ އާއްމުކޮށްފިއެވެ. ޓީޒަރ އާއްމުކޮށްފައިވަނީ ’ކަޒްމިކް އިންޓަނޭޝަނަލް‘ގެ އިންސްޓަގްރާމް މެދުވެރިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ކުރު ފިލްމު “މަޒްލޫމް” ފެނިގެންދާނީ ބައިސްކޯފުންކަން ވެސް މިއަދު ޢާއްމުކޮށްފައިވާ ޓީޒަރ އިން އެނގިގެން ދެއެވެ.
މިއީ ޕެންޑަމިކްގެ މި ދުވަސްކޮޅު ސްޓާރުންނަށް ވެސް ދަތިވާތީ އެކްޓަރުންނަށް ކޮންމެވެސް އެއްޗެއް ހޯދައިދިނުމުގެ ބޭނުމުގައި ’ކަޒްމިކް އިންޓަނޭޝަނަލް‘ އާއި ’އައި ފިލްމްސް‘ އާއި ގުޅިގެން އުފައްދާ ކުރު ފިލްމެކެވެ.
“މަޒްލޫމް”ގެ ކާސްޓުގައި ހިމެނެނީ ’އައި ފިލްމްސް’ގެ ފުރަތަމަ ފިލްމު ”ބަވަތި“ އިން ހުނަރުވެރި އެކްޓިން އެއް ދެއްކި އެ ފިލްމުގެ ލީޑް ނުޒުހަތު ޝުޢައިބް އާއި އިފްނާޒްގެ އިތުރުން ’އައި ފިލްމްސް’ގެ ދެވަނަ ފިލްމު ”ނީނާ”ގެ ލީޑުން ފެނިގެންދާ ޝަރަފް ޢަބްދުﷲ އާއި މިހާރު ކުރިއަރަމުން އަންނަ ހުނަރުވެރި އެކްޓްރެސް ވާޝިޔާ މުޙައްމަދު (ޝިޔާ)ގެ އިތުރުން ވެބް ސީރީޒް ”އެހެނަސް“ އިން ތަޢާރަފްވި އަޙްމަދު ޝާރިފް އެވެ.
ކުރު ފިލްމު ”މަޒްލޫމް“ގެ މަސައްކަތަކުގެ ފަހަތުގައި ތިބީ ފިލްމު ”ބަވަތި“ އާއި ”ނީނާ”ގެ ފުރިހަމަ މަސައްކަތްތައް ކުރި ހުނަރުވެރި ޓީމެވެ. ’ކަޒްމިކް އިންޓަނޭޝަނަލް‘ އަކީ ފިލްމީ މަސައްކަތަށް ނުކުމެފައިވާ އައު ކުންފުންޏެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް ޢަލީ އާއި އިލްޔާސް ވަހީދު އެވެ.
View this post on Instagram
45 ވަރަކަށް މިނެޓްގެ ކުރު ފިލްމު ”މަޒްލޫމް“ގެ ޓީޒާއެއް އާއްމުކޮށްފައިވާއިރު، މި ޓީޒާއިން ފެނިގެންދަނީ ރޭޕްގެ ޝިކާރައަކަށް ވެފައިވާ ދެ އަންހެންްކުދިންގެ ވާހަކަތަކެއް ކިޔައިދޭ މަންޒަރުތަކެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!