ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ސީރީޒް “ކުއަންޓިކޯ” ގެ ތިން ވަނަ ސީޒަން އަންނަ އެޕްރީލް މަހުގެ 26 ވާ ބުރާސްފަތި ދުވަހުގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.
“ކުއަންޓިކޯ” ސީރީޒް ގެނެސްދޭ ޗެނަލް އޭބީސީ އިން އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯއެއްގައި ބުނެފައި ވަނީ “ކުއަންޓިކޯ” ގެ ތިން ވަނަ ސީޒަން ދައްކަން ފަށާނީ އެޕްރީލް އިން ފެށިގެން ކަމަށެވެ. ޕްރިޔަންކާ ވެސް ވަނީ އޭނާގެ އިންސްޓަގްރާމްގައި މިކަން އިއުލާނުކޮށްފަ ބުނެފައެވެ.
ޕްރިޔަންކާ، އެލެކްސް ޕެރިޝް ކިޔާ ކެރެކްޓާއެއް ކުޅޭ “ކްއަންޓިކޯ” އަކީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި 2015 ގައި ފެށި ސިލްސިލާއެއް ނަމަވެސް، ޕްރިޔަންކާ ވަނީ ކުއަންޓިކޯގެ ތިން ވަނަ ސީޒަން ކުޅުމަށް އޭނާގެ އިސްތަށިގަނޑުގެ ސްޓައިލް ބަދަލުކޮށް އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައެވެ. އޭނާ “ކުއަންޓިކޯ” ގައި ކުޅެނީ އެފްބީއައި އެޖެންޓެއްގެ ރޯލެވެ.
މީގެ ކުރިން ޕްރިޔަންކާ ބުނެފައި ވަނީ ތިން ވަނަ ސީޒަނުގައި އެފްބީ އައި އެޖެންޓް އެލެކްސް ޕެރިޝްގެ ރޯލު އޭނާ ފެންނާނީ ތަފާތުކޮށް ކަމަށް ބުނެފައެވެ.
ޕްރިޔަންކާ ދަނީ ހޮލީވުޑްގެ ދެ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ “އަ ކިޑް ލައިކް ޖެކް” އާއި “އިޒްންޓް އިޓް ރޮމޭންޓިކް” ގައެވެ. މީގެ ކުރިން އޭނާ ވަނީ “ބޭވޮޗް” ގައި ހަރަކާތްތެރިވެފައެވެ.
ސީޒަން 3 ގައި ޕްރިޔަންކާ އާއިއެކު މީގެ މައިގަނޑު ކާސްޓުންނާއި އަލަށް ގުޅުނު ކާސްޓުންތަކެއް ވެސް ފެނިގެން ދާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި