ޓެލެވިޛަން މޯލްޑިވްސް އިން ދައްކަމުން އަންނަ މަޤްބޫލުކަން ހޯދާފައިވާ “ލަވަޔަކުން” ޝޯވގައި މަޝްހޫރު އެކްޓްރެސް ޢާމިރާ އިސްމާޢީލާއި ރައްޓެހިވާން މީހަކު އަހައިފިއެވެ. ލައިވްކޮށް ދެއްކި މި ޝޯވގައި ގުޅި މީހަކު އާމިރާއަށް ހުށައެޅު ހުށައެޅުމަށް އާމިރާ ވެސް އާނ ބަސް ބުނެފައިވެއެވެ.
މިދިޔަ ލޮކްޑައުން ތެރޭގައި ޓީވީއެމް އިން ދައްކަން ފެށި “ލަވަޔަކުން” ޕްރޮގްރާމަކީ ލަވައަށް ރިކުއެސްޓްކުރާގޮތަކަށް ގެނެސްދޭ ޕްރޮގްރާމެކެވެ. ހަފުތާގެ ހޯމަ އަދި އަންގާރައިގައި ގެނެސްދޭ މި ޕްރޮގްރާމުގެ ކޮންމެ އެޕިސޯޑަކަށް ފިލްމީ ފަންނާނެއް އަރައެވެ. އެ ފަންނާނުން ފެނިގެންދާ ލަވަ ލިސްޓެއް ޕްރޮގްރާމުގައި ގެނެސްދެއެވެ.
މަޝްހޫރު ޕްރެޒެންޓަރ ނަމްޒާ ހުށައަޅައިދޭ މި ޝޯވގެ އެޕިސޯޑްތަކުން ބޮޑު ޢީދުގެ ތިންވަނަ ދުވަހު ދެއްކި އެޕިސޯޑްގައި މުޙައްމަދު ކިޔާ މީހަކު ގުޅައެވެ. މުޙައްމަދަށް ވާހަކަދެއްކުމުގެ ފުރުޞަތު ދިނުމުން ދެން ކަންތައް ވެގެންދަނީ ވަރަށް ޝައުޤުވެރި އަދި އުއްމީދުވެސް ނުކުރާ ފަދަ ގޮތަކަށެވެ.
“ޢާމިރާ ކައިރީ އަހާލަން ބޭނުންވަނީ އޮން އެއަރކޮށް އާމިރާ ކައިރީ ރައްޓެހިވާން ކުއްޖަކު އަހައިފިނަމަ ބުނާނީ ކީކޭތޯ؟” މުޙައްމަދު ބުނެއެވެ. އާމިރާ ހޭން ފަށައެވެ. އަމާޒުވީ ވަރަށް ބޮޑު ސުވާލެއް ކަމަށް ނަމްޒާ ބުނެއެވެ.
“ކޮންމެ ކޮންމެ ކުއްޖަކު އަހައިގެން އޮން އެއަރގަ ނުބުނެވިދާނެ. އެކަމަކު ތީ ކާކުކަން އަޅުގަނޑަށް އެބަ އެނގޭ. އެހެންވެއްޔާމުން … (ހުނުން)-” އާމިރާގެ ވާހަކަ މެދުކަނޑައިލަނީ ނަމްޒާއެވެ.
“އާނއެކޭ ބުނެވިދާނެ؟” ނަމްޒާ އަހައެވެ.
“އާނއެކޭ ބުނާނީ.” ހެމުން ހެމުން އާމިރާ ޖަވާބުދެއެވެ.
ދެން ކަން ހިނގިގޮތް ޓިކްޓޮކަށް ލާފައިވާ މި ވީޑިއޯތަކުން ބަލައިލުން ރަނގަޅުވާނެއެވެ.
@maldiviancontentTvm lavayakun program 22072021##maldives ##maldiviantiktok ##maldivesactress ##amiraismail ##love♬ original sound – maldiviancontent
@maldiviancontent##maldivestiktok ##maldives ##maldivesactress ##amiraismail ##love
ލިޔުންތެރިޔާގެ ފުރަމަލަ

ތީ މާކުރިން ރާވާގެން ކޮއްފަ އިން ކަމެއް މަޖަލެއް ނޫން