ކަޒްމިކް އިންޓަނޭޝަނަލް އާއި އައި ފިލްމްސް އިން ގެނެސްދިން އެންތޮލޮޖީ ސީރީޒް ”މަޒްލޫމް“ގެ ދެވަނަ ޗެޕްޓަރު ”ޒައްރޫކް“ގެ ރަސްމީ ޓީޒާ ނެރެފިއެވެ.
”ޒައްރޫކްގެ ވާހަކަ މަންމައަށް ކިޔައިދީބަލަ!“ ޓީޒާ ފެށޭއިރު، އޯފް ސްކްރީނުން އިވެނީ މަޝްހޫރު އެކްޓެސް ނަތާޝާ ޖަލީލްގެ އަޑުން މި ސުވާލުކުރާ އަޑެވެ. ދެން އިވެނީ، ”ޒައްރޫކް“ އަކީ ކޮބައިކަން ނަތާގެ ދަރިފުޅު ވަރަށް ތަފުސީލުކޮށް ކިޔައިދޭ އަޑެވެ.
އޭގެ ފަހުން ކުޑަ ފިރިހެން ކުއްޖެއް ފެނެއެވެ. ތުންފަތުގައި އިނލި އަޅަމުން، ’ޝޫ………ޫ‘ އޭ ބުނަމުން އެކުއްޖާ ބުނަނީ:- ”އަޑުގަދަ ނުކުރާތި! ޒައްރޫކް ރުޅި އަންނާނެ!“ މިހެންނެވެ.
”ޒައްރޫކް“ގެ ކާސްޓްގައި ހިމެނެނީ ޓިކްޓޮކްގައި ބޮޑު މަޝްހޫރުކަމެއް ހޯދައި ފިލްމީ ދާއިރާގައި މަޝްހޫރުކަން ހޯދާފައިވާ ނަތާޝާ ޖަލީލްގެ އިތުރުން ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޝާރިފް އާއި ޗައިލްޑް އާޓިސްޓެއް ކަމަށްވާ އުމުރުން އެންމެ 11 އަހަރުގެ މުޙައްމަދު މާހިލް އެވެ. މިއީ މާހިލްގެ ހުނަރުވެރި އެކްޓިން ފެނިގެންދާނެ ޗެޕްޓަރަކަށް ވާނެކަން މި ޓީޒާއިން އެކަނިވެސް އެނގެއެވެ. ”ޒައްރޫކް“ ގައި މާހިލް ކުޅެނީ ލީޑް ރޯލެވެ.
View this post on Instagram
”ޒައްރޫކް“ ވެސް ޑައިރެކްޓްކުރަނީ ’އައިފިލްމްސް’ގެ ފިލްމު ”ބަވަތި“ އާއި ”ނީނާ“ އަދި ”މަޒްލޫމް“ ވެސް ޑައިރެކްޓްކުރި އިލްޔާސް ވަހީދު އެވެ.
”ޒައްރޫކް“ ވެސް ދައްކާނީ ބައިސްކޯފު އެޕްލިކޭޝަނުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




