ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަނުން ގުޅިގެން އުފައްދާ ދިވެހި ފިލްމު “ހެހެސް“ގެ ޓްރެއިލަރ ދައްކާލައިފި އެވެ.

ހަތަރު އަންހެންކުދިން، ލޯބި ސިފަކުރަނީ ތަފާތު ހަތަރު ގޮތަކަށެވެ. ނަމަވެސް އިޝްޤުގައި އިންފަހަނައަޅައި ދިއުމުން ލޯބީގެ ‘ޑެފިނިޝަން’ މުޅިން އެހެން ގޮތަކަށް ބަދަލުވެގެންދާނެކަން މި ފިލްމުގެ އާއްމުކޮށްފައި ޓްރެއިލަރ އިން ކޮންމެވެސް ވަރަކަށް ފެނިގެންދެއެވެ. ޓްރެއިލަރ ބަލަން އިންނަން ޖެހުނީ ހަމަ ގައިމުވެސް ނޭވާ ހިފަހައްޓާލައިގެންނެވެ. އެހެންކަމުން އިޝްޤްގައި އިން ފަހަނައަޅައި ދިއުމުން ދެން ވާނެ ގޮތް މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމުތައް ކަމަށްވާ މަލްޓި ސްކްރީނާއި އެމްއެސްޓީވީގެ ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ބަލައިލަން ތައްޔާރަށް ތިބެމާހެއްޔެވެ. ވަރަށް އަވަހަށް މި ފިލްމު ރިލީޒްކުރާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެއެވެ.

ފިލްމު “ހެހެސް“ގެ ޑައިރެކްޓަރަކީ ތަޖުރިބާކާރު އަދި މަޤްބޫލު އެކްޓަރު އަޙްމަދު ނިމާލް އެވެ.

ޑައިރެކްޓަރު އަދި އެކްޓަރު ޔޫސުފް ޝަފީއު ލިޔެފައިވާ ސްކްރީންޕްލޭއެއްގެ މައްޗަށް އުފައްދާފައިވާ “ހެހެސް” އަކީ ގިނަ ތަރިންތަކެއް ފެނިގެންދާނެ ތަފާތު މޮޅު ސަސްޕެންސް ތްރިލާ ލޯބީގެ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.

ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޝާނީޒް ޢަލީ ވެސް ހިމެނޭ “ހެހެސް“ގެ ކާސްޓުންގެ ތެރޭގައި ރާޢްޖޭގެ އެންމެ ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އާއި ޢަލީ އާޒިމް (ދޮން އައްޔަ) ހިމެނެއެވެ.

ފިލްމު “ހެހެސް” އަކީ ވަރުގަދަ އަންހެން ކާސްޓެއް ހިމެނޭ ފިލްމަކަށްވާއިރު، ފިލްމުގެ ޒުވާން އަންހެން ކާސްޓުގައި މޮޅު އެކްޓިންއެއް ދައްކަމުން އަންނަ އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް ޝިފާ، ވާޝިޔާ މުޙައްމަދު، ޓީވީ ޕްރެސެންޓަރ މަރިޔަމް ޝިފާ (ޝިފް) އަދި ފީޗާ ފިލްމަށް މުޅިން އަލަށް ތާޢާރަފްވާ ޝިޔާޒާ މުޙައްމަދު (ޝިޔާ) ހިމެނެއެވެ.

ފިލްމު “ހެހެސް”ގެ ޝިފާަ އާއި ޔޫއްޕެ

ބ. ގޮއިދޫގެ އިތުރުން މާލެގައި ޝޫޓްކޮށްފައިވާ މި ފިލްމު ކެމެރާކުރީ ގިނަ ފިލްމުތަކެއް ކެމެރާކުރަމުން އަންނަ ތަޖުރިބާކާރު ކެމެރާމަން އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މިއުޒިކް ހެދީ ޖަލާލް އެވެ. ބެކް ސްކޯ އައްޔުމަން ޝަރީފް އެވެ. މޭކަޕް ކުރީ އާއިޝަތު އިބްނާ ނާޞިރް އެވެ.

ފިލްމު “ހެހެސް” އަށް ލަވަކިޔައިދީފައިވަނީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި އޭނާގެ އަންހެނުން އަޝްފާގެ އިތުރުން ޙަސަން ޠޮލާޤް (ތޮލާ)އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.