ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލައިބާގެ ފުރަތަމަ އިނގިރޭސި ކަވަރ ލަވައިގެ ޓީޒަރ ދައްކާލައިފި

ކުރިއަރަމުން އަންނަ ތުއްތުތުއްތު ލަވަކިޔުންތެރިޔާ ލައިބާ އަޙްމަދު މަހުލޫފްގެ ފުރަތަމަ އިނގިރޭސި ކަވަރ ލަވައިގެ ޓީޒަރ ދައްކާލައިފި އެވެ. ލައިބާ ކިޔާފައިވަނީ އޮސްޓްރޭލިޔާގެ ލަވަކިޔުންތެރިޔާ ޓޯނީ ވޮޓްސަން ނުވަތަ ޓޯންސް އެންޑް އައި ކިޔާފައިވާ “ޑާންސް މަންކީ” ލަވައިގެ ކަވަރ އެކެވެ.

މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރާއި ވީޓީވީ ގުޅިގެން މިދިޔަ އަހަރު ގެނެސްދިން ”ޤައުމުގެ ދުލުން“ ޤައުމީ ލަވަ މުބާރާތުގެ 08 އަހަރުން ދަށުގެ އުމުރުފުރާއިން ދެވަނަ ހޯދި ލައިބާގެ މި ލަވައިގެ ޓީޒަރ އެއް އާއްމުކޮށްފައިވަނީ ލައިބާގެ މައިންބަފައިން ކޮންޓްރޯލްކޮށް ބަލަހައްޓާ ލައިބާގެ ޓްވިޓަރ އެކައުންޓްގައެވެ.

މި ލަވައިގައި ތަފާތު ސަޅި މަންޒަރުތަކެއް ފެނިގެންދާ އިރު، ލައިބާގެ އިތުރުން ވެސްޓަން ސްޓައިލްގެ ނެށުންތަކާއި އަދި ޒަމާނީ ދިވެހި ސްޓައިލްގެ ނެށުންތަކުގައި ހުނަރު ދައްކަމުން އަންނަ ޒުވާން އަންހެންް ކުދިންތަކެއް ފެނެއެވެ.

ލައިބާގެ “ޑާންސް މަންކީ” އާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. ރާއްޖޭގެ ޒުވާން ހުނަރުވެރި ފަންނާނުންނާ އެކު ލައިބާ ކިޔައި ވީޑިއޯ ކުޅެފައިވާ ލަވަތައް ދޭތެރެދޭތެރެއިން ރިލީޒްކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދިވެހިންގެ ތެރޭގައި އެންމެ މަޤްބޫލު އެއް މަދަހަ ކަމަށްވާ ”އިތުރު ރަސޫލާ ފާޅުވި ޠާހާ“ މަދަހައިގެ ކަވަރއެއް، ރާއްޖޭގައި މިވަގުތު ތިބި އެންމެ ނަން ހިނގާ ޒުވާން ދެ ފަންނާނުން ކަމަށްވާ ޖޫނީ ޖިނާހް އާއި އައިނީ ރިޟްވާން އާއެކު، މީގެ ދެތިން މަސްކުރިން ލައިބާ ކިޔައި އާއްމުކޮށްފައިވެއެވެ. ހަމަ އެހެންމެ “ހަނގާ”ގެ ނަމުގައި ހަމޫދު އަހްމަދު އާއެކު ލައިބާ ކިޔައި ވީޑިއޯ އާއްމުކުރި ލަވަ އަކީވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ލަވައެކެވެ.

މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖާވިދު ޢަލީ ކިޔާފައިވާ ”ޖީނޭ ކި ވަޖާ“ ގައިވެސް ލައިބާ ހަރަކާތްތެރިވެފައިވެއެވެ. ޖާވިދު ޢަލީ އާއި ލައިބާ ކިޔާފައިވާ މި ލަވައިގެ ވީޑިއޯއިން ފެނިގެންދަނީ ފީރޯޒް އޭ. ޚާން އާއި ލައިބާ އެވެ. އެ ލަވައަކީ ހިންދީ ބަހަށް ނުހަނު ޝަޢުޤުވެރިވާ އެލީގެ ފުރަތަމަ ހިންދީ ލަވައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ކެނޯ5 އަހަރު ކުރިން

well done

Home
Menu
Search
Back to top