ބޮލީވުޑް އެކްޓަރ ސަލްމާން ޚާންގެ ފިލްމުތަކުގައި މަސައްކަތްކުރަން ބޭނުންވާކަމަށް އިމްރާން ހާޝިމީ ބުނެފިއެވެ. އޭނާ އެކަން ހާމަކޮށްފައިވަނީ ދީޕިކާ ޕަޑުކޯންއާއި ކެޓްރީނާ ކެއިފްއާއެކުވެސް މަސައްކަތްކޮށްލަން ބޭނުންވާކަމަށް އޭނާ ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމު “ޗެހެރޭ”ގެ ޕްރޮމޯޝަންގެ ތެރެއިން އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ސަލްމާންގެ “ޓައިގާ 3” ގައި މަސައްކަތް ކުރާ ވާހަކައަކީ ތެދެއްތޯ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އޭނާ އެ ފިލްމަށް ނޫނެކޭވެސް ނުވަތަ އާނއެކޭވެސް ނުބުނާ ކަމަށެވެ. ރަނގަޅު ވަގުތު ޖެހުމުން އޭނާ އެވާހަކަވެސް ދައްކާނެ ކަމަށެވެ.
އޭގެ އިތުރަށް އިމްރާން ބުނެފައިވާ ގޮތުގައި ސަލްމާންއާއެކު މަސައްކަތްކޮށްލަން ވަރަށް ބޭނުމެވެ. ސަލްމާންގެ މަސައްކަތުގެ މާހައުލުގައި ގެންގުޅޭ ވައްޓަފާޅިއާއި އޭނާގެ ކާމިޔާބު ފިލްމުތަކުގެ ސަބަބުން އޭނާގެ ފިލްމުތަކުގެ ހިއްސާއަށް ވާން ބޭނުމެވެ.
އިމްރާންގެ ވާހަކަތަކުން “ޓައިގާ 3” ގައި އިމްރާން މަސައްކަތް ކުރާކަން ނުވަތަ ނޫންކަން ޔަޤީން ނުވިޔަސް އޭނާ އެ ފިލްމުގައި ހިއްސާވާކަން ދޭހަވާކަމަށް ރިޕޯޓުތައް ބުނެއެވެ.
