ދިވެހިރާއްޖޭގެ ފަންނުވެރިންގެ ބިލަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޭޖުން ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޭޖުން މިއަދު ބުނީ ދިވެހިރާއްޖޭގެ ފަންނުވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ފަންނުވެރިން ދަފްތަރުކުރުމުގެ އުސޫލުތަކާއި، ފަންނާއި ފަންނުވެރިކަން ތަރައްޤީކުރުމުގައި ދައުލަތުގެ ޒިންމާތަކާއި، ފަންނުވެރިންގެ ޙައްޤުތަކާއި ޒިންމާތައް ބަޔާންކުރުމަށްޓަކައި، އެ މިނިސްޓްރީން ވަނީ ފަންނުވެރިންގެ ބިލެއް އެކުލަވާލާފައި ކަމަށާއި އެ ބިލަށް ޚިޔާލު ހުށައެޅުއްވުމަށް ހުޅުވާލާފައި ވާކަމަށެވެ.
ފަންނުވެރިންގެ ބިލަށް އެއްވެސް ޚިޔާލުފުޅެއް ވާނަމަ، 2021 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޭޖުގެ އީމެއިލް [email protected] އަށް ފޮނުއްވައި ދެއްވުން އެދި، ފަންނުވެރިންގެ ބިލުގެ ދެލިކޮޕީއެއް ފަންނުވެރިންްނަށް ފޮނުވާފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ، މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޭޖުގެ ލީގަލް އޮފިސަރ އަޙްމަދު ރޫހުﷲ ޝިޔާމު އާއި ގުޅުއްވުމަށް ވެސް އެދިފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




