“ހުވާ” އަދި “40 ޕްލަސް” ފަދަ އުފެއްދުންތަކުން ބޮޑު މަޤުބޫލުކަމެއް ހޯދި އިރުފާނާ އިބްރާހީމް (އެރޫ) ކައިވެނިކޮށްފިއެވެ. އިއްޔެގެ ވަގުތެއްގައި އެރޫގެ ކައިވެނި ކުރެވުނުއިރު މަޢުލޫމާތު ލިބޭ ގޮތުގައި އޭނާ ކައިވެނިކުރީ ގދ. ތިނަދޫ މީހަކާއެވެ.

މޮޑެލް ކުރުމުގައިވެސް ހަރަކާތްތެރިވި އެރޫގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި “ހުވާ”، “40 ޕްލަސް” އަދި “ކާކު” ހިމެނެއެވެ. އޭނާގެ ރިލީޒްނުވާ ދެ ފިލްމެއްވެސް އެބައޮތެވެ. އެއީ މީޑިއާނެޓްގެ މަލްޓި ސްކްރީނުގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ “ހެހެސް” އާއި ޢަލީ ސީޒަންގެ “ލޯބި ވެވިއްޖެ” އެވެ.

ފިލްމީ ދާއިރާއާއި ވަރަށް ދުރުވެފައި ހުރި އެރޫ ވަނީ “މިހާރު ފިލްމީ ކަންކަމާއި ނޫޅެން” ކަމަށް ބުނެފައެވެ. މިހާރު ފިލްމީ ދާއިރާއާއި ވަރަށް ދުރުގައި އުޅޭ އެރޫ ފިލްމު ކުޅުން ހުއްޓާލިކަން ރަސްމީކޮށް ހާމަކޮށްފައި ނުވިޔަސް “ފިލްމީ ކަންކަމާއި ނޫޅެން” ކަމަށް ބުނުމުން އޭނާ ދެން ފިލްމު ނުކުޅޭނެކަމަށް ލަފާކުރެވެއެވެ.

އެރޫގެ ކައިވެންޏާއި ގުޅިގެން އޭނާގެ ފޭނުންނާއި ދާއިރާގެ ފަރާތްތަކުންވެސް އޭނާއަށް މަރުޙަބާ ކިޔަމުންދާއިރު މުނިއަވަސްގެ މުޅި ޓީމުންވެސް އެރޫއަށް ވަރަށް އުފާވެރި ބާއްޖަވެރި ކައިވެންޏަކަށް އެދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.