ބިއުޓީ ޓްރީޓްމަންޓްތަކަށް ޚާއްޞަ ލުމޭރިއާ ސެލޫން މި މަހުގެ ދެވަނަ ދުވަހު ހަވީރު ރަސްމީކޮށް ހުޅުވައިފިޔެވެ.
މާލޭގައި މިމަހު ދެވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ސެލޫން ރަސްމީކޮށް ހުޅުވައިދެއްވީ ހޮޓެލް ޖެންގެ ޑިރެކްޓާރ އޮފް ސޭލްސް މަރިޔަމް ޞަފިއްޔާ ސްޓެއިންހިލްބަރ އެވެ.
މި ހަފްލާގައި ލުމޭރިއާ ސެލޫން ކަސްޓަމަރުންގެ އިތުރުން ކުންފުނިތަކުގެ އިސް ފަރާތްތަކާއި ރާއްޖޭގެ މަޝްހޫރު އެކި ފަންނާނުން ވެސް ބައިވެރިވިއެވެ.
ލުމޭރިއާ ސެލޫން ގެ ފައުންޑަރ އައިޝަތު ޝެރިޔަން ވިދާޅުވީ ލުމޭރިޔާ ސެލޫން ރަސްމީކޮށް ހުޅުވުމާއެކު ދުނިޔޭގެވެސް މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޖީކޭ ބްރޭންޑް ގެ ޕްރޮޑަކްޓްތައް ރާއްޖެ ތާޢާރަފް ކުރެވިގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ޖޮވީސް، ލައިކަން ފަދަ ޕްރޮޑަކްޓްތަކަކީ ދުނިޔޭގެ ނަން މަޝްހޫރު، ގިނަ ބައެއްގެ އިތުބާރާއި މަގްބޫލުކަން ލިބިފައިވާ ޕްރޮޑަކްޓްތަކެއް މި ސެލޫން އިން ހިދުމަތް ހޯދާ ފަރާއްތަކަށް ލިބިގެންދާނެއެވެ. ލުމޭރިޔާ ސެލޫންގެ ޚިދުމަތް ދެމުން އަންނަ ޓީމަކީ ތަޖުރިބާކާރު، މީހުންނާ ގުޅޭ ފުރިހަމަ ޓީމެއެއް ކަން ފާހަގަކޮށްލެވެއެވެ.
ލުމޭރިއާ ސެލޫން ހުންނަނީ ޒަމާނީ ވަސީލަތްތަކާއި އެކު ހިތްގައިމު މާހައުލެއްގައެވެ.
ލުމޭރިއާ ސެލޫނުން އެޕޮއިންޓްމަންޓް ދޫކުރާނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުހަވު ހެދުނު 09:00 – ރޭގަނޑު 22:00 އަދި ހުކުރު ދުވަހު މެންދުރު ފަހު 13:30 – 21:00 އަށެވެ. ސެލޫން ގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖުގެ އިތުރުން ވައިބަރ (7882444) މެދުވެރިކޮށްވެސް އެޕޮއިންޓްމެންޓް ހެއްދޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




