🎶 ފެންނަ ހިނދު ކޮންމެ ތާކުން، ނަން އަހާ ހިތްވަނީއޭ 🎶
🎶 ޖެހިލުންވެ މޭތެޅޭގޮތްވޭ، ގައި ބާރު ދޫވެދާ ގޮތްވޭ 🎶
🎶 އިންތިހާ ލޯބިވެވޭތީ، ވީ މިހެން ބާކީ 🎶
🎶 ނުތެމޭށޭ މެންދަން ވީ ނޫންހޭ، ބޯކޮށް ވާރޭ ވެހެނީ ނޫންހޭ 🎶
މިފަދަ ޝާޢިރީ ބަސްތަކުން ދިވެހި ފިލްމީ އުފެއްދުންތައް ފަޅުފިލުވައިދެމުން އަންނަ ހުނަރުވެރި ޝާޢިރު ޢަބްދުﷲ މުޢާޛް (ދަރަވަންދޫ މުއާޒު) މުުނިއަވަސް ކްލަބްހައުސް އިން ގެނެސްދެމުން އަންނަ ‘ފަންނާނުން‘ ޝޯވގެ މިރޭގެ އެޕިސޯޑްގައި ބައްދަލުކުރާނެއެވެ.
މިރޭ 10:30ގައި މުުނިއަވަސް ކްލަބްހައުސް އިން ގެނެސްދޭ މި ޕްރޮގްރާމުގައި މުނިއަވަސްގެ ޓީމުން މުއާޒުއާ ބައްދަލުކޮށް މުއާޒުގެ ޅެންވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ގެނެސްދޭނެއެވެ. އޭގެ އިތުރުން މިރޭގެ ޕްރޮގްރާމުގައި މުއާޒު ހަދާފައިވާ ހިތްގައިމު ލަވަތައް ވެސް އިވިގެންދާނެއެވެ.
މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ފިލްމީ، މިއުޒިކީ އަދި ޢިލްމީ އެކިއެކި ޕްރޮގްރާމުތައް ޝެޑިއުލްކޮށްގެން ރަސްމީކޮށް ގެނެސްދޭން ފެށީ މިމަހުގެ 01ވަނަ ދުވަހުން ފެށިގެންނެވެ.
މިރޭގެ ޕްރޮގްރާމުގެ ލިންކް:
https://www.clubhouse.com/join/muniavas/68PLNOg0/PryJNZol
މުުނިއަވަސް ކްލަބްހައުސް ޓީމުގައި ރާއްޖޭޭގެ މުނިފޫހިފިލުވުމުގެ ދާއިރާއާއި ޓީވީ އަދި ރޭޑިއޯ ޕްރެސެންޓިން ދާއިރާގައި މަޝްހޫރުކަން ހޯދާފައިވާ ފަންނުވެރިން ހަރަކާތްތެރިވެއެވެ. އެގޮތުން އިތުރު ތަޢާރަފަކަށް ބޭނުންނުވާނެ ޢީސާ ޝަރީފު، ކުރީގެ މަޝްހޫރު ފިލްމީތަރި ޢާއިޝަތު ޝިރާނީ، މަޝްހޫރު ޕްރެސެންޓަރ ޢާއިޝަތު ރިފުޒާ، ނެށުންތެރިޔާ އަދި އެކްޓަރ ސްޓެޕް އައްޔަ ހިމެނެއެވެ.
މީގެ އިތުރުން މުުނިއަވަސް ކްލަބްހައުސް ޓީމުގައި ޕްރެޒެންޓްކުރުމަށް ހުނަރުވެރި އިތުރު ފަންނުވެރިންވެސް ހަރަކާތްތެރިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!