ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޒައްރޫކް” ބައިސްކޯފަށް އަންނާނީ ސެޕްޓެމްބަރު 21 ގައި

ކަޒްމިކް އިންޓަނޭޝަނަލް އާއި އައި ފިލްމްސް އިން ގެނެސްދިން އެންތޮލޮޖީ ސީރީޒް “މަޒްލޫމް”ގެ ދެވަނަ ޗެޕްޓަރު “ޒައްރޫކް” ބައިސްކޯފުގައި ސްޓްރީމްކުރަން ފަށާނެ ތާރީޚް، އެ ފިލްމުގެ އައު މަންޒަރުތަކަކާއެކު ހާމަކޮށްފިއެވެ.

”ޒައްރޫކް“ގެ ކާސްޓްގައި ހިމެނެނީ ޓިކްޓޮކްގައި ބޮޑު މަޝްހޫރުކަމެއް ހޯދައި ފިލްމީ ދާއިރާގައި މަޝްހޫރުކަން ހޯދާފައިވާ ނަތާޝާ ޖަލީލްގެ އިތުރުން ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޝާރިފް އާއި ޗައިލްޑް އާޓިސްޓެއް ކަމަށްވާ އުމުރުން އެންމެ 11 އަހަރުގެ މުޙައްމަދު މާހިލް އެވެ. މިއީ މާހިލްގެ ހުނަރުވެރި އެކްޓިން ފެނިގެންދާނެ ޗެޕްޓަރަކަށް ވާނެކަން މި ޓީޒާއިން އެކަނިވެސް އެނގެއެވެ. “ޒައްރޫކް” ގައި މާހިލް ކުޅެނީ ލީޑް ރޯލެވެ.

”ޒައްރޫކް“އަށް މާހިލް ނެގީ އިއްލެ އުފައްދަމުން ދިޔަ ބިރުވެރި ވާހަކައިގެ އޯޑިޝަންގެ ހޮވެލިއަށް ކަމަށް ޑައިރެކްޓަރ އިއްލެ ބުންޏެވެ. ހޮވެއްޔަށް އައި ފުރަތަމަ ދުވަހު ވެސް މާހިލްގެ ހުނަރު ވަރަށް ފުރިހަމައަށް ފެނުނު ކަމަށް ވެސް އިއްލެ ބުންޏެވެ.

”ޒައްރޫކް“ ވެސް ޑައިރެކްޓްކުރަނީ ’އައިފިލްމްސް’ގެ ފިލްމު ”ބަވަތި“ އާއި ”ނީނާ“ އަދި ”މަޒްލޫމް“ ވެސް ޑައިރެކްޓްކުރި އިލްޔާސް ވަހީދު އެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top