ބައިނަލް އަޤްވާމީ މުދައްރިސުންގެ ދުވަސް، ރާއްޖޭގެ ކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މިއަދަކީ ބައިނަލް އަޤްވާމީ މުދައްރިސުންގެ ދުވަހެވެ. މި ދުވަސް ރާއްޖޭގައި ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. ކޮވިޑްގެ އެންމެ ދަތި ހާލަތަށްފަހު މުދައްރިސުންގެ ދުވަސް މިއަދު ފާހަގަކޮށްފައިވާއިރު، މުދައްރިސުންނަށް ޚާއްޞަކޮށްގެން އެކި ސްކޫލުތަކުގައި ތަފާތު ހަރަކާތްތައް ވަނީ ހިންގާފައެވެ. މިގޮތުން ބައެއް ސްކޫލުތަކުގައި މުދައްރިސުންގެެ މެދުގައި ކުދިކުދި މުބާރާތްތައް ބާއްވާފައިވެއެވެ. ކޭކް ފެޅުމުގެ އިތުރުންް އެކި ތީމުތަކަށް ހެދުން އެޅުމާ ދަރިވަރުންނަށް ޚާއްޞަކޮށްގެން މުދައްރިސުންގެ އައިޓަމްތައްވެސް ބައެއް ސްކޫލުތަކުގައި ކުރިއަށް ގެންގޮސްފައިވއެވެ.
މުދައްރިސުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި މުދައްރިސުން ކުރާ މިންނަތް މަސައްކަތްތަކަށް ތަޢުރީފުކުރައްވާ ޝުކުރުއަދާކުރައްވާފައި ވެއެވެ. އަދި ހަމަ އެހެންމެ ކޯވިޑް-19ގެ ބަލިމަޑުކަން އަޅުގަނޑުމެން ވަށައިލި ހިނދުވެސް، އެތައް ދަތިތަކެއް ތަޙައްމަލު ކުރައްވައިގެން، ޤައުމުގެ ދަރިންނަށް ކިޔަވައިދެއްވުމުގައި، މުދައްރިސުން އެ އުފުއްލެވި ބުރައަށްޓަކައި، މުޅި ޤައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަން ޔަޤީން ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މުދައްރިސުން އެ އަދާކުރައްވަނީ ހަމައެކަނި ވަޒީފާއެއް ނޫންކަމަށާ އެބޭފުޅުންގެ އަމިއްލަ ޝައުޤުވެރިކަމާއި ހިތްޕުޅުގެ ލޯތްބާއެކު، ޙަޔާތުގެ މުހިންމު އެތައް ދުވަސްތަކަކާއި، އެތައް ވަގުތުތަކެއް ޤުރުބާން އެ ކުރައްވަނީ، ޤައުމުގެ ކުރިމަގުގެ ޖީލު ބިނާކުރެއްވުމަށް ކަމަށްވެސް ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
މި ދުވަހާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ ވަނީ ދިވެހިރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ މުދައްރިސުންނާ ވާރޗުއަލްކޮށް ބައްދަލުކުރައްވާ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2025ޚަބަރު”ލިލީ“ ގެ ”ހިތް ކަތިލިޔެ“ އެއްކޮށް ނެރެނީ
- 19 ނޮވެމްބަރ 2025ޚަބަރުކޮޅުނބު ކަޕް 2025 ނިންމާލައިފި
- 13 އޮކްޓޯބަރ 2025ޚަބަރުލަންކާގައި އެސްއެސްސީ ހެދި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި
- 17 ސެޕްޓެމްބަރ 2025ޚަބަރު”ސާފް އަންޑަރ 17 ޗެމްޕިއަންޝިޕް“ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ




