ކަލާޒް ޓީވީގެ ޑާންސް ރިއަލިޓީ ޝޯވ ”ޑާންސް ދިވާނޭ 3“ ގެ ގްރޭންޑް ފިނާލޭ މާދަމާ ރޭ އޮންނާނެއެވެ.
3 ޖަނަރޭޝަނަކަށް ބަހާލައިގެން އިންޑިއާގައި ގެންދާ ހަމައެކަނި ޑާންސް ރިއަލިޓީ ޝޯވގެ ގްރޭންޑް ފިނާލޭ މާދަމާ ރޭ އޮންނައިރު ފައިނަލްގައި 6 ބައިވެރިން ވާދަކުރާނެއެވެ. ޖަޖުންގެ މާކުހާއި ބެލުންތެރިންގެ ވޯޓުން ހޮވި 6 ފައިނަލިސްޓުންނަކީ ޖަނަރޭޝަން 1 ގެ އަމަން ކުމާރްއާއި ޔޯގޭޝް ޝަރްމާ، ގުންޖަން ސިންހާއާއި ސާގަރް ބޯރާ، ސޮހައިލް ޚާންއާއި ވިޝާލް ސޯންކަރް، ސޯމާންޝްއާއި އާކާޝް ތާޕާ، ޕިޔޫޝް ގުރްބޭލޭއާއި ރުޕޭޝް ސޯނީ އަދި ސޫޗްނާ ޗޯރްގޭއާއި ވައިޝްނަވީ ޕާޓިލްއެވެ.
ސޯލޯއާއި ޑުއެޓް އަދި ގްރޫޕްކޮށްވެސް ބައިވެރިވެވޭ މި ޝޯވގެ މެދުތެރެއިން ބޮޑު ބަދަލަކާއެކު އަލުން ޝޯވ ފެށިއިރު ފަހުން ބައިވެރިން ނެށުން ހުށަހެޅީ އިތުރު ބައިވެރިއަކާ އެކުގައެވެ. ކުރިން ކާމިޔާބުކަމާއެކު ”ޑާންސް ދިވާނޭ“ ގެ ދެ ސީޒަން ނިންމާލާފައިވާއިރު މިއީ މި ޝޯވގެ އެންމެ ދިގުކޮށް ކުރިއަށްދިޔަ ސީޒަންކަން ފާހަގަކޮށްލެވެއެވެ.
ޖުމްލަ 65 އެޕިސޯޑާއެކު މި ސީޒަން ނިންމާލާއިރު މި ސީޒަން ޖަޖުކުރީ ބޮލީވުޑް ބަތަލާ މަދޫރީ ޑިކްޝިޓް، ކޮރެއޯގްރާފަރު ތުޝާރް ކާލިއާ އަދި ކޮރެއޯގްރާފަރު ދަރްމޭޝް ޔެލާންޑޭއެވެ. ފުރަތަމަ ޝޯވ ހޯސްޓް ކުރީ ރާގަވް ޖުޔަލްއެވެ. ނަމަވެސް އޭނާ ޝޯވ ދޫކޮށްލުމުން ދެން ޝޯވ ހޯސްޓް ކުރީ ކޮމޭޑިއަން ބާރްތީ ސިންގއާއި ފިރިމީހާ ހަރްޝް ލިމްބާޗީޔާއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ



