މިދިޔަ މަހު ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން އާއެކު ރާއްޖޭގައި ޝޫޓްކުރި ޑިސްކަވަރީގެ ކަލްޓް ފްރެންޗައިޒް ޝޯވ ’އިންޓު ދަ ވަައިލްޑް ވިތު ބެއަރ ގްރިލްސް’ގެ އެޕިސޯޑް ޓީޒާއެއް ދައްކާލައި އެ ގެނެސްދޭ ތާރީޚު ވެސް އިއުލާންކޮށްފި އެވެެ.
ވ. އަތޮޅުގައި މިދިޔަ މަހު 14 ޝޫޓްކުރަން ފެށި އެޕިސޯޑް ފުރަތަމަ ޕްރީމިއާ ކުރާނީ ޑިސްކަވަރީ ޕްލަސް އިން މި މަހުގެ 22ގަ އެވެ. އޭގެ ފަހުން މި މަހުގެ 25ގައި ޑިސްކަވަރީ ޗެނެލް އިން ގެނެސްދޭނެ އެވެ.
އާއްމުކޮށްފައިވާ ޓީޒާއިން ފެންނަނީ އެޕިސޯޑް ޝޫޓްކުރި ސަރަހައްދުގެ މަތިން ނަގާފައިވާ ޑްރޯންގެ މަންޒަޒުރަކާއި ލޯންޗެއްގެ ތެރޭގައި އަޖޭ އުޅޭ ތަނާއި ކަނޑުއަޑީގެ މަންޒަރުތަކެކެވެ. މި އެޕިސޯޑްގައި ފެންނާނީ ކަނޑުވުމުން ސަލާމަތްވާން އަޖޭ މަސައްކަތްކުރާ ގޮތެވެ.
“މިއީ ހިތްވަރުގަދަ މީހުންގެ މަންސައެއް. މިއީ ކުޅިވަރެއް ނޫން ބްރޯ” (ޔޭ ޝޭރްދިލޯން ކާ މަންޗް ހޭ. ޔޭ ކޯއީ ކޭލް ނެހީ ހޭ ބްރޯ)” އާއްމުކޮށްފައިވާ ޓީޒާއިން އަޖޭގެ ނެރޭޝަންގެ އަޑު އިވެއެވެ.
އިނގިރޭސި ޓީވީ ތަރި ގްރިލްސް ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަޖްނީކާންތު އަދި އަކްޝޭ ކުމާރު ހިމަނައިގެންވެސް މީގެ ޝޯވއެއް ގެނެސްދީފައެވެ. އެ އެޕިސޯޑްތައް ޝޫޓްކުރީ ކަރްނާޓަކާގެ ’ބަންޑިޕޫރް ޓައިގަރ ރިޒާރވް ނޭޝަނަލް ޕާކް’ގައެވެ.
This time, I am with the lion of #Bollywood @ajaydevgn . And super excited to get to take him on a deserted island mission ‘Into The Wild’… how will he do? #ComingSoon @discoveryplusIN @DiscoveryIN #IntoTheWild #AjayDevgn pic.twitter.com/mzT5n40lOK
— Bear Grylls (@BearGrylls) October 8, 2021
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!