ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޒްލޫމްގެ ތިންވަނަ ޗެޕްޓަރ “މިންޖު” ގެ ޓީޒަރ ރިލީޒްކޮށްފި

ވިކްޓިމްއެއް ނުވަތަ މަޒުލޫމެއްގެ ތަފާތު ވާހަކައެއް ގެނެސްދިނުމަށް ކަޒްމިކް އިންޓަނޭޝަނަލް އަދި އައިފިލްމްސް އިން އުފައްދަމުން އަންނަ އެންތޮލޮޖީ ސީރީޒް “މަޒްލޫމް”ގެ ތިންވަނަ ބައި “މިންޖު”ގެ ޓީޒާއެއް ރިލީޒްކޮށްފިއެވެ.

ފިލްމީ ދާއިރާއަށް އަލަށް ތައާރަފުކުރާ ތާތި އާދަމް އާއި ޗައިލްްޑް އާޓިސްޓް ޒުވެއިލް ޢަލީ ޠާރިޤްގެ އިތުރުން ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ ރަވީ ފާރޫޤް މުހިންމު ރޯލުތަކުން ފެނިގެންދާ “މިންޖު”ވެސް ދައްކާނީ ބައިސްކޯފުން ނެވެ.

“މިންޖު”ގެ ޓީޒާއިން ތާތިގެ ހުނަރުވެރި އެކްޓިން ފެނިގެންދެއެވެ. ފެންނަ މަންޒަރުތަކުން ދޭހަވަނީ ތާތިއަކީ ގެވެށި އަނިޔާ ލިބެމުން އަންނަ އަންހެނެއް ކަމެވެ. މަޒުލޫމެއްގެ ގޮތުގައި ތާތި ފެންނައިރު، ޒުވައިލް ވެސް ފެންނަނީ މަޒުލޫމެއްގެ ގޮތުގައެވެ.

”މި އެޕިސޯޑްވެސް އިންނާނީ ކުރީގެ ދެ އެޕިސޯޑާ ގުޅިފަ. މިއީވެސް ހަމަ ސޯޝަލް އިޝޫއަކަށް ހަދާފައިވާ ފިލްމެއް.“ އިއްލެ ބުންޏެވެ. ހަތަރު ބަޔަކަށް ބަހާލައިގެން ދައްކާ މަޒްލޫމްގެ މިއަށްފަހު ދެން އޮންނާނީ އެންމެ ފަހު ބައިގެ މަސައްކަތް ކަމަށް ވެސް އިއްލެ ބުންޏެވެ.

މަޒްލޫމްގެ ފުރަތަމަ ބައިން ދައްކުވައިދިނީ ރޭޕް ކޭސްއެއްގެ ވާހަކައެވެ. ދެވަނަ ބައި ކަމުގައިވާ ”ޒައްރޫކް“ އިން ދައްކުވައިދީފައި ވަނީ މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާ ވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ ވާހަކައެވެ. މި ދެ ބަޔަށް ވެސް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބިފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top