ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާއެނބޫގެ “ސިއްރު” އޮކްޓޯބަރު 21 ގައި

މީ ޕްރޮޑަކްޝަންއިން ޕްރޮޑިއުސްކޮށް ގެނެސްދޭ ވެބް ސީރީޒް “ސިއްރު” 21 އޮކްޓޯބަރުގައި ބައިސްކޯފުން ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.

ހުރިހައި ކަމެއް ސިއްރުކޮށްގެން ޝޫޓިންގ ނިންމައިލި “ސިއްރު” ގެ ލީޑް ރޯލުން ފެނިގެންދާނީ އަޙްމަދު އާސިމްއާއި ހައްވާ ޝާދިޔާ (ޝާ) އެވެ. އާސިމްއާއި ޝާދިޔާގެ އިތުރުން އާމިނަތު ޝުހާއާއި އަޙްމަދު ޝަރީފްވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ސީރީޒް ކެމެރާކޮށްދީފައިވަނީ ޝަމާހް އިބްރާހީމްއެވެ.

އައްޔުމަން ޝަރީފް ބެކް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ސީރީޒް އެޑިޓްކޮށްފައިވަނީ މުޙައްމަދު ޝިފުއާންއެވެ. ޝަމާހްގެ ވާހަކައަކަށް މުޙައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށް ގެނެސްދޭ މި ވެބް ސީރީޒަކީ 5 އެޕިސޯޑްގެ ސީރީޒެކެވެ.

މީ ޕްރޮޑަކްޝަނުން އެންމެ ފަހުން ގެނެސްދިން އުފެއްދުމަކީ މާއެނބޫ ޑައިރެކްޓްކޮށް، މިއަހަރު ކުރީކޮޅު ބައިސްކޯފުން ދެއްކި ވެބް ސީރީޒް “އަހަރެންވެސް ލޯބިވޭ” ގެ ދެވަނަ ސީޒަންއެވެ.

ވެބް ސީރީޒް ”ސިއްރު“ އަދި މީ ޕްރޮޑަކްޝަންގެ ހުރިހާ އުފެއްދުންތަކެއްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top