ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިމާލްގެ ފޭސްްބްކް އެކަައުންޓް ސަލާމަތްކުރެވިއްޖެ

މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ އަޙްމަދު ނިމާލްގެ ފޭސްބްކް އެކައުންޓް އަލުން އަނބުރައި ލިބިއްޖެކަމަށް ނިމާލް ބުނެފިއެވެ. ނިމާލްގެ ފޭސްބްކް އެކައުންޓް ހެކްކޮށްފައިވަނީ މީގެ ހަފުތާއެއް ކުރިންނެވެ.

ނިމާލްގެ ފޭސްބްކް އެކައުންޓް އަލުން އަނބުރައި ލިބިފައި މިވަނީ ފޭސްބްކްގެ އިދާރާއަށް ރަސްމީކޮށް ހުށައަޅައިގެން ކަމަށް މަޢޫލޫމާތު ލިބެއެވެ.

ނިމާލްގެ ފޭސްބްކް ހެކްކޮށް، އެ އެކައުންޓް ބޭނުންކޮށްގެން ފައިސާ ފޭރުމުގެ ޖަރީމާތަކެއް ބަޔަކު މީހުން ހިންގާފައިވެއެވެ.

”ރައްޓެއްސަކަށް އެ ޕޭޖުން މެސެޖްކޮށް 600 ރުފިޔާ ޓްރާންސްފަރކޮށްދިނުމަށް އެދުމުން އެމީހާއަށް އެކަން އާދަޔާޚިލާފު ކަމެއް ކަމަށް ހީވެގެން އަޅުގަނޑަށް ގުޅާފަ ބުނީ މިހެންމިހެން ވެއްޖޭ. އެ ހިސާބުން އެނގުނީ ފޭސްބްކް ހެކްކޮށްގެން އުޅޭކަން.“ ފޭސްބްކް ހެކްކޮށްފައިވާކަން އެނގުނު ގޮތް މުނިއަވަސްއާ ހިއްސާކުރަމުން ނިމާލު ބުނެފައިވެއެވެ.

މިދިޔަ ހަފުތާގައި ބަޔަކުމީހުން ހެކްކޮށްފައިވަނީ އަޙްމަދު ނިމާލް / ނިމްސްމޫވީސްގެ ނަމުގައި ނިމާލް ހިންގަމުން އަންނަ އޭނާގެ ރަސްމީ ޕޭޖެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top