ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާނީގެ “މިސިސް ޗަޓަރޖީ ވާސަސް ނޯރވޭ” ގެ ޝޫޓިންގ ނިންމާލައިފި

ރާނީ މުކަރްޖީގެ ކުރިއަށް ހުރި ފިލްމުތަކުން އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމު “މިސިސް ޗަޓަރޖީ ވާސަސް ނޯރވޭ” ގެ ޝޫޓިންގ ނިންމާލައިފިއެވެ.

ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމަކީ ދަރިންނަށްޓަކައި މަޔަކު ޤައުމަކާއި ކުރާ ހަނގުރާމައެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ޝޫޓިންގ ނިންމާލެވުނީ މަސްހުނި އިހުސާސްތަކުން ފުރިފައި ހުރެކަމަށް ރާނީ ބުނެފައިވެއެވެ.

ރާނީއާއިއެކު އެސްޓޯނިއާގެ އެކްޓަރު ކްރިސްޓްޖަން އުކްސްކޫލާ ލީޑް ރޯލުން ފެނިގެންދާ “މިސިސް ޗަޓަރޖީ ވާސަސް ނޯރވޭ” އަކީ ޑައިރެކްޓަރު ނިކިލް އަދުވާނީގެ ފިލްމު ކުންފުނި އެންމޭ އެންޓަޓެއިންމެންޓާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކުރި ފިލްމެކެވެ.

“ފަނާ: އޭން އިމްޕޮސިބްލް ލަވް ސްޓޯރީ” އާއި “ކެއިސީ ޔޭ ޔާރިޔާނ” ފަދަ ޓީވީ ސިލްސިލާތައް ގެނެސްދިން ޑައިރެކްޓަރު އާޝިމާ ޗިއްބަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައި ނުވާއިރު، ފިލްމު ގެނެސްދޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުއެވެ.

ރާނީގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އަންނަ ނޮވެމްބަރު 19 ގައި ރިލީޒްކުރާ “ބަންޓީ އޯރް ބަބްލީ 2” އެވެ. ސައިފް ޢަލީ ޚާންއާއި ސިދާންތު ޗަތުރްވެޑީގެ އިތުރުން އަލަށް ތަޢާރަފުކުރާ ޝަރްވާރީވެސް ފެނިގެންދާ މި ކްރައިމް ކޮމެޑީއަކީ އަބީޝެކް ބައްޗަންއާއި ރާނީ ލީޑް ރޯލު ކުޅުނު 2005 ގެ ފިލްމު “ބަންޓީ އޯރް ބަބްލީ” ގެ ސީކުއެލްއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top