ވަންރާޖް އަނުޕާމާ ވަރިކުރި ފަހުންވެސް އެތައް ދުވަހަކު ވަންރާޖްގެ ގޭގައި ކެތްކުރުމަށްފަހު އެ ގެއިން ނުކުންނަން އަނުޕާމާ ނިންމައިފިއެވެ.
މިއީ މިހާރު އިންޑިއާގެ ޓީވީ ސިލްސިލާތަކުގެ ތެރެއިން އެންމެ މަޤުބޫލު ސިލްސިލާ ”އަނުޕާމާ“ ގައި ގެންނަ އާ ޓުވިސްޓެވެ. އޭނާ ވަންރާޖްގެ ގެއިން ނުކުންނަން ނިންމީ ދާދި ފަހުން އޭނާގެ ޙަޔާތަށް އައި އޭނާގެ ކޮލެޖު އެކުވެރިއެއް ކަމަށްވާ އަނުޖް ކަޕާޑިއާ އާއިމެދު ބާ (ވަންރާޖްގެ މަންމަ) ކަންތައް ކުރިގޮތުންނެވެ. އަނުޖް އައި ހިސާބުންވެސް އެ ދެމީހުންނަށް ޝައްކު ކުރާ ބާ، ބޮޑު ހަފުލާއެއްގައި އަނުޖް ލަދުގަންނަވާލުން އަނުޕާމާއަށް ހަޖަމެއް ނުކުރެވުނެވެ. އޭނާ ދެކޭ ގޮތުގައި އޭނާގެ އެކުވެރިއަކާމެދު އެމީހުން އެގޮތަށް ކަންތައް ކުރާނީ އޭނާއަށް އިޙުތިރާމު ނުކުރާތީއެވެ.
އަނުޕާމާއަށް ކުރިއެރުމާއި ކާމިޔާބު ލިބޭނީ އެ ގެއިން ނުކުމެގެން ކަމަށް ކުރިން އަނުޖް ވަނީ އަނުޕާމާ ގާތު ބުނެފައެވެ. ނަމަވެސް އޭނާއަށް އެކަން އިހުސާސް ކުރެވުނީ އަދި ކިރިޔާއެވެ.
”26 އަހަރު މިގޭގަ ހޭދަކުރެވިއްޖެ.. އެކަމަކު މިއަދު މުޅި ގެވެސް އަހަރެންގެ ނިންމުމާ ދެކޮޅު.. ވަރިވުމާ، ނަށަން ދަސްކުރުމާ، ވަޒީފާ އަދާކުރުމާ، އަނުޖްއާ ރަހުމަތްތެރިވުން.. މި ހުރިހާ ކަމަކީވެސް ނުރުހޭ ކަންކަން.. ދެން އަހަރެންނަށް ލިބެން އޮތީ ކޮން އެއްޗެއް؟ ދެން ހެޔޮ.. ދެން އިތުރަކަށް ކެތެއް ނުކުރެވޭނެ.. އެ ގެއެއްގަ އެއްވެސް ޤަދަރެއް ނުލިބޭ ގެއެއްގަ އަހަރެންނަކަށް ނޫޅެވޭނެ.. އަހަރެންނަކަށް ދެން އެންމެ ސިކުންތަކަށްވެސް ކަލޭމެންނާ އެކުގައެއް ނޫޅެވޭނެ..“
މިއީ ޕްރޮމޯގައި އަނުޕާމާ ގެއިން ނުކުތުމުގެ ކުރިން ދައްކާ ވާހަކަކޮޅެވެ.
ގެވެހި އަނތްބަކު އޭނާގެ ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި އޭނާގެ ކައިވެނި ރޫޅުމަށްފަހު ކަންތައްތަކާއި ކުރިމަތިލާ ގޮތް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދިއެވެ. ވަރަށް އާދައިގެ ވާހަކައެއް ކިޔައިދޭ ”އަނުޕާމާ“ އަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނާވެސް ގުޅޭ ސިލްސިލާއެކެވެ.
ރުޕާލީ ގަންގޫލީއާއި ސުދާންޝޫ ޕާންޑޭއާއި މަދަލްސާ ޝަރްމާ މައިގަނޑު ރޯލުތަކުން ފެނިގެންދާ ”އަނުޕާމާ“ ގެއިން ނުކުތުމަކީ އޭނާގެ ދިރިއުޅުމުގެ އާ ބާބެއްވެސް ފެށުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




