ތަމަޅަ ޑައިރެކްޓަރު އެޓްލީ ކުމާރް، ޝާހް ރުކް ޚާންއާއެކު ހަދާ ފިލްމު ”ލަޔަން“ ގެ ލީޑް ބަތަލާ، ނަޔަންތަރާ ފިލްމު ދޫކޮށްލަނީ ކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.
ނަޔަންތަރާ އެޓްލީގެ ފިލްމު ދޫކޮށްލަނީ އޭނާގެ އިތުރު ފިލްމުތަކަށް ވަގުތު ދޭންވެގެން ކަމަށްވެއެވެ. އޭނާ މި ފިލްމަށް ވަގުތު ދޭން ބުނެފައިވާ އޮކްޓޯބަރު މަސް ނިމުމަކާއި ހަމައަށް އައިއިރު، ޝާހުގެ ދަރިފުޅުގެ މައްސަލައިގައި އޭނާގެ ޝޫޓިންގތައް ކެންސަލް ކުރުމާއެކު ނަޔަންތަރާއަށް އިތުރަށް ފިލްމަށް ވަގުތު ދެވެން ނެތުމުންކަމަށް ޚަބަރުތައް ބުނެއެވެ.
ނަޔަންތަރާ ”ލަޔަން“ ފިލްމުން ވަކިވާން ނިންމާފައިވާއިރު، މިހާރު އެ ރޯލު ސަމަންތާ ރުތު ޕްރަބޫއަށް ހުށަހަޅާފައިވާކަމަށް ވެއެވެ. ސަމަންތާއަކީ އެޓްލީ 2017 ގައި ގެނެސްދިން އެކްޝަން ތުރިލާ ފިލްމު ”މާސަލް“ ގެ އެއް ބަތަލާއެވެ.
ޝާހް ރުކް ޚާން ޑަބަލް ރޯލު ކުޅޭ ”ލަޔަން“ ގައި ޝާހްގެ އިތުރުން ޕްރިޔަމާނީއާއި ސުނިލް ގްރޯވަރއާއި ސާނިޔާ މަލޯޓްރާއާއި ޔޯގީ ބާބޫވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.
ބޮޑު ބަޖެޓަކުން އެޓްލީ ތައްޔާރުކުރާ މި އެކްޝަން ތުރިލާ ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ



