ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުޓުބޯޅަ ކުޅެން ބޭނުންވާ ޒުވާނުންނަށް ކުލަބު އީގަލްސްއިން ރަނުގެ ފުރުސަތެއް

ފުޓުބޯޅަ ކުޅެން ބޭނުންވާ ޒުވާން ހުނަރުވެރި ކުދިންނަށް ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކުލަބެއް ކަމަށްވާ އީގަލްސް އިން ފުރުސަތު ހުޅުވާލައިފިއެވެ.

އީގަލްސް އިން އެޓީމާ އެކު، “ޓްރަޔަލްސް” ހަދަން ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 16 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. “ޓްރަޔަލްސް” ތަކުން ފާހަގަކޮށްލެވޭ ހުނަރުވެރި ކުދިންނަށް 16 އަހަރުން ދަށް، 18 އަހަރުން ދަށް، 21 އަހަރުން ދަށް އަދި ސީނިއާ ޓީމުން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ކުލަބު އީގަލްސް އިން މައުލޫމާތުދީފައިވެއެވެ.

ފޮޓޯ: ކުލަބު އީގަލްސް

ނޮވެމްބަރުގެ މަހުގެ ހަވަނަ ދުވަހުން ނުވަވަނަ ދުވަހާ ދެމެދު ކޮންމެ ދުވަހަކު ވެސް ހަވީރު ހަތަރެއް ޖަހާއިރު “ޓްރަޔަލްސް” ތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެފްއޭއެމް ޓާފް ދަނޑުގައެވެ. މި “ޓްރަޔަލްސް” ތަކުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަކީ އީގަލްސް އެދުމެކެވެ.

އިތުރު މައުލޫމާތު ހޯދުމަށް 7749315 އަދި 7614000 އަށް ގުޅުއްވުމުން ބޭނުންވާ މައުލޫމާތެއް ފޯރުކޮށްދެވޭނެ ކަމުގައި ކުލަބު އީގަލް އިން ބުނެފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top