ކަޒްމިކް އިންޓަނޭޝަނަލްއާއި އައި ފިލްމްސް ގުޅިގެން އުފައްދަމުން އަންނަ އެންތޮލޮޖީ ސީރީޒް ”މަޒްލޫމް“ ގެ ތިންވަނަ ބައި މި ހިނގާ ނޮވެމްބަރު މަހު ރިލީޒްކުރަން ނިންމައިފިއެވެ.
”މިންޖު“ ގެ ނަން ދީފައިވާ މި ޗެޕްޓަރގައި މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުކުރާ ބަތަލާ ތާތި އާދަމްއާއި އަލަށް ތަޢާރަފުކުރާ ޗައިލްޑް އާޓިސްޓް ޒުވެއިލް ޢަލީ ޠާރިޤުގެ އިތުރުން ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤެވެ. ”މިންޖު“ ގެ ޓީޒާއެއްވެސް ދޫކޮށްލާފައިވާއިރު ތާތިގެ ހުނަރުވެރި އެކްޓިންގއެއް ފެނިގެންދެއެވެ.
”މިންޖު“ ވެސް ކުރީގެ ދެ ބަޔާއި ގުޅޭނެ ކަމަށާއި މިއީވެސް އިޖުތިމާޢީ މައްސަލައަކަށް ހަދާފައިވާ ފިލްމެއް ކަމަށް ޑައިރެކްޓަރު އިލްޔާސް ވަޙީދު (އިއްލެ) މުނިއަވަސްއަށް ބުނެފައިވެއެވެ. ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ ”މަޒްލޫމް“ ގެ ދެން އޮތީ ފަހު ބައިގެ މަސައްކަތް ކަމަށްވެސް އިއްލެ ބުނެފައިވެއެވެ.
މަޒްލޫމްގެ ފުރަތަމަ ބައިގައި ރޭޕް ކޭސްއެއްގެ ވާހަކަ ކިޔައިދިންއިރު، ދެވަނަ ބައި ”ޒައްރޫކް“ ގައި ކިޔައިދިނީ މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ ވާހަކައެވެ. ޓީޒާއިން ފެންނަ ގޮތުގައި ”މިންޖު“ ގައި ކިޔައިދޭނީ ގެވެށި އަނިޔާގެ ވާހަކައެވެ.
”މަޒްލޫމް“ ގެ ކުރީގެ ދެބަޔަށް ބެލުންތެރިންގެ ހޫނު ތަރުޙީބެއް ލިބިފައިވާއިރު، މިހިނގާ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ބައިސްކޯފުން ”މިންޖު“ ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ


