ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ބޭބަސީ” ފަށައިފި

 

ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ޢަލީ ރެޙްމާން ޚާން ލީޑް ރޯލުން ފެނިގެންދާ ޑްރާމާ ސިލްސިލާ “ބޭބަސީ” ދައްކަން ފަށައިފިއެވެ.

ރޭ ރާއްޖެ ގަޑިން 20:00 ގައި ހަމް ޓީވީއިން ދައްކަން ފެށި މި ޑްރާމާއަކީ ޒުވާން، ރީތި އަންހެންކުއްޖަކަށް އޭނާގެ ކައިވެންޏަށްފަހު ދިމާވާ ގިނަގުނަ މައްސަލަތަކާއެކު އޭނާގެ ދިރިއުޅުން ކުރިއަށް ދާގޮތް ކިޔައިދޭ ސިލްސިލާ ޑްރާމާއެކެވެ. މި ޑްރާމާގައި އުފަލާއި މަޖާ، ލޯތްބާއި ޖަޒުބާތުތައް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެކަމަށް ޚަބަރުތައް ބުނެއެވެ.

ރެޙްމާންއާއި އަލީޒޭ ޝާހްއާއި އަރަމުން އަންނަ ބަތަލު ޚުޝާލް ޚާންގެ އިތުރުން ނައުޝީން ޝާހްއާއި އަނޫޝޭ އައްބާސީ މައިގަނޑު ރޯލުތައް ކުޅޭ މި ޑްރާމާއަކީ އާލިޔާ ބުޚާރީ ލިޔެ، ބަރްކަތު ސިއްދީޤީ ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ.

“ސާއިޤާ” އާއި “ހަމްސަފަރް” އާއި “ޒިންދަގީ ގުލްޒާރް ހޭ” ފަދަ ކާމިޔާބު ޑްރާމާތަކެއް ގެނެސްދީފައިވާ މޫމިނާ ދުރައިދު ޕްރޮޑަކްޝަންސްއިން ގެނެސްދޭ މި ޑްރާމާގެ އާ އެޕިސޯޑެއް ކޮންމެ ހުކުރު ދުވަހެއްގެ ރޭ 20:00 ގައި ހަމް ޓީވީއިން ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top