ބޮލީވުޑްގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ސަންޖޭ ލީލާ ބަންސާލީގެ ބޮޑު ފިލްމު ”ގަންގޫބާއީ ކަތިއާވާޅީ“ ރިލީޒްކުރުން ފަސްކޮށްފިއެވެ.
އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ މި ބައޮގްރަފިކަލް ކްރައިމް ޑްރާމާއަކީ ކުރިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ގައި ސިނަމާތަކުގައި ރިލީޒްކުރަން ތާވަލުކުރި ފިލްމެކެވެ. ނަމަވެސް ފިލްމު ރިލީޒްކުރާ ދުވަހުގެ އެއްދުވަސް ފަހުން އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ އެސް. އެސް ރާޖަމޯލީގެ ތެލުގޫ ފިލްމު ”އާރްއާރްއާރް“ ރިލީޒްކުރާތީ ފިލްމުގެ ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރު ކުރާނެކަމަށް ޤަބޫލު ކުރެވޭތީ ފިލްމު ރިލީޒްކުރުން ފަސްކުރީކަމަށް ޚަބަރުތައް ބުނެއެވެ.
ހުސައިން ޒައިދީ ލިޔެފައިވާ ”މާފިއާ ކުއީންސް އޮފް މުމްބާއީ“ ގައި ހިމެނޭ ޙަޤީޤީ ހާދިސާއެއް ކިޔައިދޭ މި ފިލްމުގައި އާލިއާގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ޝާންތަނޫ މަހޭޝްވަރީއާއި ވިޖޭ ރާޒްއާއި އިންދިރާ ތިވާރީއާއި ސީމާ ޕެހެވާއާއި އަޖޭ ދޭވްގަންއާއި އިމްރާން ހާޝިމީ ހިމެނެއެވެ. މިއީ 1999 ގެ ”ހަމް ދިލް ދޭ ޗުކޭ ސަނަމް“ އަށްފަހު އަޖޭ، ބަންސާލީ ޑައިރެކްޓްކުރި ފިލްމަކަށް ކުޅުނު ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.
ސަންޖޭ ލީލާ ބަންސާލީއާއި ޖަޔަންތިލާލް ގަދާގެ ޕެން އިންޑިއާއިން ޕްރޮޑިއުސްކުރާ ”ގަންގޫބާއީ ކަތިއާވާޅީ“ މިހާރު ރިލީޒްކުރަން ތާވަލު ކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 22 އަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




