ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަނީގެ ދަރިފުޅު ކަރަންގެ “ވެއްލޭ” ޑިސެމްބަރުގައި

ބޮލީވުޑް ބަތަލު ސަނީ ޑެއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑެއޯލްގެ ފިލްމު “ވެއްލޭ” މި ހިނގާ ޑިސެމްބަރު މަހު 10 ގައި ސިނަމާތަކުގައި ރިލީޒްކުރާ ގޮތަށް ތާވަލުކޮށްފިއެވެ.

2019 ގައި “ޕަލް ޕަލް ދިލް ކޭ ޕާސް” އިން ބޮލީވުޑަށް ތަޢާރަފުވި ކަރަންގެ މި ފިލްމުގައި އޭނައާއެކު މައިގަނޑު ރޯލުތަކުން ފެނިގެންދާނީ އަބޭ ޑެއޯލްއާއި މޯނީ ރޯއީއާއި އާނިޔާ ސިންގއާއި ވިޝޭޝް ތިވާރީގެ އިތުރުން ސާވަންތު ސިންގ ޕްރޭމީއެވެ.

އަޖޭ ދޭވްގަން ފިލްމްސް އާއި އިންޓަކަޓް އެންޓަޓެއިންމެންޓުން ގެނެސްދޭ މި ޑްރާމާ ފިލްމުގައި ކިޔައިދެނީ އަންހެންކުއްޖެއްގެ ތިން ފިރިހެން އެކުވެރިން އެ އަންހެންކުއްޖާގެ އެދުމަށް ކިޑްނެޕް ކުރުމުން ދެން ދިމާވާ އެކި ހާދިސާތަކެވެ.

ޕަންކަޖް މާޓާގެ ސްކްރީންޕްލޭއަކަށް “ވެއްލޭ” ޑައިރެކްޓްކޮށްފައިވަނީ ދެވެން މުންޖަލްއެވެ. މިއީ ދެވެންގެ ފުރަތަމަ ޑައިރެކްޝަންކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top