ރިޓްޒް ލިރިކްސްގެ އަމާޒު ވަރަށް ސާފެވެ. މަންޒިލަށް ދަރުތުކުރަމުން ދަނީ ކަންކަން ތަރުތީބުން ރާވާލައި ވިލަރެސްކޮށްގެންނެވެ. އެގޮތުން ކޮންމެ މަހެއްގެ 20 ވަނަ ދުވަހަކީ ރިޓްޒް ލިރިކްސް އަށް ވަރަށް ޚާއްޞަ ދުވަހެކެވެ. ވަކި ބްރޭންޑެއްގެ ގޮތުގައި ހަރުދަނާ އުސޫލުތަކެއް ހިފަހައްޓަމުން އަންނަ ރިޓްޒް ލިރިކްސް އިން މިރޭ ނެރެނީ “މަންޒިލް” އެވެ. މި މަންޒިލަށް ވާޞިލްކޮށްދިނުމުގައި މިފަހަރުގެ އަޑުގެ ވެރިއަކީ މުނިއަވަސްގެ ޕްރޮގްރާމް މެނޭޖަރ އަދި ކުޅަދާނަ ޕްރެޒެންޓަރ ޢާއިޝަތު ރިފްޒާ (ރިފޫ) އެވެ.

މީގެ ކުރިންވެސް ބައެއް އަލްބަމްތަކާއި ފިލްމުތަކަށްވެސް ލަވަކިޔާފައިވާ ރިފޫގެ ހިތްގައިމު އަޑުން ކިޔާފައިވާ “މަންޒިލް” ގެ ޅެންވެރިޔަކީ ރިޓްޒް ލިރިކްސްގެ ރިޒް އެވެ. މިއުޒިކް ހަދައި ލަވައިގެ ރެކޯޑިން ހަދާފައިވަނީ ޙުސައިން ސޮބާހް އެވެ.

ރިޓްޒް ލިރިކްސްގެ ލޯގޯގެ ދަށުން ނެރޭ “މަންޒިލް” މިއީ އެ އުފެއްދުމުން އަށްވަނަ އަށް ނެރޭ އޯޑިއޯ ލަވައެވެ.

މިރޭ 10:30 ގައި މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ގެނެސްދޭ ’ރިޓްޒް ލިރިކްސްގެ ނިއު ސޯންގް ބައި ރިފޫ – ސްޕެޝަލް ވީވީއައިޕީ‘ ޝޯގައި ރިޓްޒް ލިރިކްސްގެ ލަވަތައް ކިޔައިދީފައިވާ ބައެއް ފަންނާނުން ބައްދަލުކުރާނެއެވެ. މި ޝޯވގައި އެ ފަންނާނުންނާއި ރިފޫގެ އިތުރު ލަވަތައްވެސް އިވިގެންދާނެއެވެ.

ޢަލީ ސީޒަންގެ ‘އެސް ޕްރޮޑަކްޝަން’ އިން ނެރުނު ސިންގަޅަ ފިލްމު “ސޯލް” އަށް ރިފްޒާގެ އަޑުން ލަވައެއް ކިޔައިދީފައިވެއެވެ.

ރިޓްޒް ލިރިކްސްގެ ނިއު ސޯންގް ބައި ރިފޫ – ސްޕެޝަލް ވީވީއައިޕީ‘ ޝޯގެ ލިންކް:-
https://www.clubhouse.com/join/muniavas/NYIMTnR9/PA0Q9wRR

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.