ބޮލީވުޑްގެ ޒުވާން ތަރި ވަރުން ދަވަން އާއި ކިއާރާ އަދުވާނީ ލީޑް ރޯލުން ފެނިގެންދާ ”ޖުގް ޖުގް ޖީޔޯ“ ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.
އަނިލް ކަޕޫރާއި ނީތޫ ކަޕޫރްގެ އިތުރުން މަނީޝް ޕޯލް އާއި ޕްރަޖަކްތާ ކޯލީ ވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާ މި ކޮމެޑީ ޑްރާމާއަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ވަރުން އާއި ކިއާރާ އެކުގައި ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ މި ފިލްމަކީ 2019 ގެ ކާމިޔާބު ފިލްމު ”ގުޑް ނިއުޒް“ އާއި 2021 ގެ އެންތޮލޮޖީ ”އަޖީބް ދާސްތާންސް“ ގެ ”ކިލޯނާ“ ސެގްމެންޓް ޑައިރެކްޓްކުރި ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޖޭ ޕަޓޭލް ކެމެރާ ކޮށްފައިވާ ”ޖުގް ޖުގް ޖީޔޯ“ ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން މަހު 24 ގައި ސިނަމާތަކުގައެވެ.
ވަރުންގެ ”ޖުގް ޖުގް ޖީޔޯ“ އަންނަ އަހަރު ޖޫންގައި ރިލީޒްކުރަން ތާވަލުކުރިއިރު، ކްރިތީ ސަނަންއާއެކު އޭނާ ކުޅުނު ”ބޭޅިޔާ“ އަންނަ އަހަރުގެ އޭޕްރިލް 14 ގައި ސިނަމާތަކުގައި ރިލީޒްކުރަން ވަނީ ތާވަލުކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




