ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާޖްކުމާރްގެ “ހިޓް” ރިލީޒްކުރާނީ ސިނަމާތަކުގައި

ބޮލީވުޑް ބަތަލު ރާޖްކުމާރް ރާއޯގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެ ފިލްމު “ހިޓް – ދަ ފަސްޓް ކޭސް” ސިނަމާތަކުގައި ރިލީޒްކުރަން ނިންމައި ތާރީޚު އިޢުލާނުކޮށްފިއެވެ.

މިހާރުވެސް ޝޫޓިންގ ކުރިއަށްދާ މި އެކްޝަން ތުރިލާއަކީ 2020 ވަނަ އަހަރު ނުކުތް ކާމިޔާބު ތެލުގޫ ފިލްމު “ހިޓް – ދަ ފަސްޓް ކޭސް” ގެ ހިންދީ ރީމޭކެވެ.

ރާޖްކުމާރް ފުލުހެއްގެ ރޯލުން ފެނިގެންދާ “ހިޓް” އަކީ ބުޝަން ކުމާރްގެ ޓީ-ސީރީޒާއި ދިލް ރާޖޫ އާއި ކްރިޝަން ކުމާރް އަދި ކުލްދީޕް ރާތޯރް ގުޅިގެން ޕްރޮޑިއުސްކޮށް ސައިލޭޝް ކޮލާނޫ ޑައިރެކްޓްކުރާ ފިލްމެކެވެ.

ސާނިޔާ މަލޯޓްރާ ބަތަލާގެ ރޯލު ކުޅެފައިވާ “ހިޓް” އަންނަ އަހަރުގެ މެއި މަހުގެ 20 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާއިރު، ރާޖްކުމާރްގެ ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އަންނަ އަހަރުގެ ފެބްރުއަރީ 4 ގައި ރިލީޒްކުރާ “ބަދާއީ ދޯ” އެވެ.

ސާނިޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝަންކަރް ރަމަންގެ “ލަވް ހޮސްޓެލް” އާއި ތަމަޅަ ޑައިރެކްޓަރު އެޓްލީގެ “ލަޔަން” ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top