ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހިދުގެ “ޖާރޒީ” ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑް ބަތަލު ޝާހިދު ކަޕޫރްގެ ކުޅިވަރު ފިލްމު “ޖާރޒީ” ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން ޝާހިދު ފެނިގެންދާ މި ފިލްމުގައި ދައްކައިދޭނީ 10 އަހަރު ކުރިން ކުޅުން ހުއްޓާލާފައިވާ 36 އަހަރުގެ ކުޅުންތެރިޔަކު، އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމަށް ކުޅުމަށް އުންމީދުކޮށް ކުރާ މަސައްކަތްތަކެވެ.

އައްލޫ އަރްވިންދާއި އަމަން ގިލް އާއި ދިލް ރާޖޫ އާއި ސުރިޔަދޭވަރާ ނާގާ ވަމްސީ ގުޅިގެން ޕްރޮޑިއުސްކޮށް، ގޯތަމް ޓިންނަނޫނީ ޑައިރެކްޓްކޮށްފައިވާ މި ސްޕޯޓްސް ޑްރާމާ ފިލްމަކީ 2019 ގައި ހަމަ އެ ނަމުގައި ގޯތަމް ގެނެސްދިން ތެލުގޫ ފިލްމުގެ ހިންދީ ރީމޭކެވެ.

ޝާހިދުގެ އިތުރުން މުރްނާލް ޓާކުރް އާއި ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރް މައިގަނޑު ރޯލުތަކުން ފެނިގެންދާ “ޖާރޒީ” ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އާ އަހަރާއި ދިމާކޮށް މިއަހަރު ޑިސެމްބަރު 31 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top