ޕާކިސްތާން ޑްރާމާ ސިލްސިލާ ”ބިސާތު“ މާދަމާ ރޭ ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.
ހަމް ޓީވީއިން މިހާރު ޕްރޮމޯތައްވެސް ދައްކަމުން އަންނަ ”ބިސާތު“ އަކީ ވަރަށް އަސަރުގަދަ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދޭ ޑްރާމާއެކެވެ.
މުޅި ޑްރާމާގެ ވާހަކަ ޑްރާމާގެ ލީޑް ރޯލު ކުޅޭ އަންމޯލް ބަލޮޗް އާއި އަޒްފަރް ރެހްމާން އާއި ޒައިން ބާއިގް ގެ ވަށައިގެން އެނބުރޭއިރު، އަޔޭޝާ އުމަރު ވަރަށް ވަރުގަދަ ކެރެކްޓާއަކުން ފެނިގެންދާނެއެވެ. އޭގެ އިތުރުން ސަބާ ހަމީދު އާއި ޝަގުފްތާ އެޖާޒް އާއި ސައީދާ ތޫބާ އާއި ޝަރްމީން ޚާންވެސް ޑްރާމާގެ މުހިންމު ރޯލުތަކަކުން ފެންނާނެއެވެ.
މޫމިނާ ދުރައިދު ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ މި ޑްރާމާއަކީ އަތީޤް އިނާޔަތު ލިޔެ، ފަހީމް ބާރނީ ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ. ފަހީމް އެންމެ ފަހުން ގެނެސްދިން ޑްރާމާއަކީ 2017 ގައި ހަމް ޓީވީއިން ގެނެސްދިން ”ދިލޭ ޖާނަމް“ އެވެ.
ހަމް ޓީވީއިން ގެނެސްދޭ ”ބިސާތު“ ދައްކަން ހަމަޖެހިފައިވަނީ ކޮންމެ އާދިއްތަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




