‘ވަކިން ލޯބިން’ އަށް އިކްއެޓިކް ވައިބްސް ގެ ޒުވާން ލަވަކިޔުންތެރިޔާ ޝައްމުގެ އާލަވައެއް މިމަހުގެ 21 ވަނަސުވަހުގެ ރޭ ރެކޯޑްކޮށްފި އެވެ. ‘ދުނިޔެ ދައުރުވަނީ’ ގެ ނަމުގައި ޝައްމުގެ ލަވައެއް ރެކޯޑްކުރިކަން ޕްރޮޑިއުސަރ މުހައްމަދު އަލީ (މޮގަރ) ފޭސްބްކް ގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ.
މުނިއަވަސް އަށް މަޢުލޫމާތު ދެމުން މޮގަރ ބުނީ މި ލަވައަކީ ޝައްމުގެ އަމިއްލަ ޅެމަކަށް ޝައްމު ހަދާފައިވާ ރާގަކަށް ކިޔާފައިވާ ލަވައެކެވެ. ލަވައަށް މިއުޒިކް ތައްޔާރުކުރީ ފަތޯ ކަމަށްވެސް މޮގަރ ބުންޏެވެ.
‘ދުނިޔެ ދައުރުވަނީ’ ގެ އޯޑިއޯ ހަފުތާއެއްގެ ތެރޭގައި ރިލީޒްކުރާނެ ކަމަށްވެސް މޮގަރ މަޢުލޫމާތު ދެއެވެ. މި ލަވައިގެ އޯޑިއޯ ރެކޯޑިން ހެދީ ޑާކްރެއިން ސްޓޫޑިއޯގަ އެވެ.
މީގެ ދެދުވަސްކުރިން ފިލްމު ‘ވަކިން ލޯބިން’ އަށް އިކްއެޓިކް ވައިބްސް ގެ ލަވަކިޔުންތެރިޔާ ޝައްމު ކިޔާފައިވާ ‘ޕަރީ’ ގެ ވީޑިއޯ ލަވަވެސް ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.
ލިޕްސިން ކޮށްގެން ލަވަ ނުހިމެނިޔަސް ‘ވަކިން ލޯބިން’ ގައި 06 ލަވަ ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.
ޝައްމު އަދި ފަތޯގެ ހިތްގައިމު އުފެއްދުންތައް މީގެ ކުރިންވެސް ވަނީ ޑާކްރެއިންގެ ފިލްމުތަކުގައި ހިމަނައިފި އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!