ޝަރަފުވެރި އޭޝިއާ އެވޯޑްސް ޙާޞިލްކޮށްފައިވާ ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ ޢަލީ އާއި މަޝްހޫރު ޅެންވެރިޔާ ޢިއްޒާ އަޙްމަދު ނިޒާރަށް ޚާއްސަ ޝޯއެއް މުނިއަވަސް ކްލަބްހައުސް ގެނެސްދޭން ނިންމައިފިއެވެ. މި ޝޯވ އޮންނާނީ 12 ޑިސެމްބަރު 2021 ވަނަ ދުވަހުގެރޭ 22:30ގައެވެ.
“ސުނީ އެންޑް ޢިއްޒާ: އޭޝިއާ އެވޯޑް ވިނަރޒް ވީވީއައިޕީ ޝޯވ“ގެ ނަމުގައި ގެނެސްދޭ މި ޚާއްޞަ ޝޯވއާ އެކީގައި މުނިއަވަސް އިން ބައްދަލުކުރާނީ މުނިއަވަސްގެ ޕްރޮގްރާމް ހެޑް އަދި ކްރިއޭޓިވް ޑައިރެކްޓަރ ޢީސާ ޝަރީފާއި ޕްރޮގްރާމް މެނޭޖަރ އަދި މަޝްހޫރު ޕްރެޒެންޓަރ ޢާއިޝަތު ރިފްޒާ އެވެ.
މި ޝޯވގައި، މި ދެ ފަންނާނުން މިއަދު ވާޞިލްވެފައިވާ މަޤާމާ ހަމައަށް އައުމަށް ކުރި މިންނެތް މަސައްކަތްތަކާއި، ކުރިމަތިވި ގޮންޖެހުންތައް ފަދަ ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވައިލާނެއެވެ. މީގެ އިތުރުން އެހުންތެރިންނަށް ސުވާލުކުރުމުގެ ފުރުޞަތުވެސް ހުޅުވައިލާނެއެވެ.
ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ އަދި އަމިއްލަ ބްރޭންޑްތަކެއް އުފައްދައި ވިއްކަމުން އަންނަ ސުނީތާ ޢަލީ ޙާޞިލްކޮށްފައިވަނީ ރުލާ އެވޯޑުން ދެމުން އަންނަ ”އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވަރ“ އެވޯޑާއި، ”އޭޝިއާސް އައުޓްސްޓޭންޑިންގ ބްރޭންޑް“ އެވޯޑެވެ. އޭޝިއާ އެވޯޑަކީ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އޭޝިއާ ބައްރުން ފާހަގަކޮށްލެވޭ ތަފާތު ޝަޚްސިއްޔަތުތަކާއި ވިޔަފާރިތައް ފާހަގަކޮށް، ދެމުން އަންނަ އެވޯޑެކެވެ. މިއީ އޭޝިއާ ސަރަޙައްދުގައި ދެވޭ މިފަދަ އެންމެ ޝަރަފުވެރި އެއް އެވޯޑްވެސްމެއެވެ.
ޅެންވެރިކަމުގެ ރޮނގުން ޒުވާނުންގެ ޤައުމީ އިނާމު ހޯދާފައިވާ މަޝްހޫރު ޅެންވެރިޔާ ޢިއްޒާ އަޙްމަދު ނިޒާރު ޙާޞިލްކޮށްފައިވަނީ ރުލާ އެވޯޑުން ދެމުން އަންނަ އޭޝިއާސް އައުޓްސްޓޭންޑިންގ ޕޮއެޓްރީ ރައިޓަރ އެވޯޑެވެ. ޢިއްޒާއަށް މި އެވޯޑް ލިބިފައިވަނީ އެވޯޑަށް ކުރިމަތިލި ފަރާތްތަކުގެ 1000 ޕޮއިންޓުގެ ތެރެއިން 700އަށްވުރެ މަތިން މާކްސް ލިބިގެންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި